ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގައި އެކިއެކި ފަރާތްތަކުން އެ ކުންފުންޏާ އެކު ހަދާފައިވާ ކްރެޑިޓް ފެސިލިޓީ އެއްބަސްވުމުގެ ދަށުން ބަހައްޓާފައިވާ އެޑްވާންސް ޑިޕޮސިޓްގެ ފައިސާ ނަގަން އެކުންފުނިން އަންގައިފިއެވެ.
މި ފައިސާ ނުނަގާ ފަރާތްތަކުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެސްޓީއޯ އަށް ލިޔުމަކުން އެކަން އެންގުމަށްފަހު ފައިސާއާ ހަވާލުވުމަށްވެސް އެކުންފުނިން ވަނީ އެދިފަ އެވެ.
ބޮޑެތި ވިޔަފާރިތައް ކުރާ ބައެއް ފަރާތްތަކާ އެކު ވިޔަފާރިކުރަން ފަށާއިރު އެސްޓީއޯ އިން އާންމު ގޮތެއްގައި ސެކިއުރިޓީ ޑިޕޮސިޓެއް ނަގާއިރު އެކުންފުނީގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް ނަގަން އަންގާފައި މިވަނީ ތަފާތު ސަބަބުތައް ކުރިމަތިވެ އެސްޓީއޯއާ އެކު ވިޔަފާރިކުރަމުން ދިޔަ ބައެއް ފަރާތްތަކުން ވިޔަފާރި ހުއްޓާލުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ނަގާފައި ނުވާތީ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!