ކެބް އެމްވީ ގެ ހިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް

280B276F-A916-4D76-A5E7-81B86E39D652

ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ޓެކްސީގެ ހިދުމަތް ދެމުން އަންނަ "ކެބް އެމްވީ" ގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.

މި ހިދުމަތް އަތޮޅުތެރެއިން އެންމެ ފުރަތަމަ ކުޅުދުއްފުއްޓާއި އަދި އައްޑޫގައި ތައާރަފް ކޮށްފައިވާއިރު ކެބް އެމްވީ ހިދުމަތް ހޯދުމަށްޓަކާ "ފަހި ކެބް" އެޕްލިކޭޝަން ޑައުންލޯޑް ކުރަންޖެހެއެވެ.

އެގޮތުން އެ އެޕްގައި ދާން ބޭނުންވާ މަންޒިލް ޖަހާލުމަށްފަހު، ބޭނުންވާ ވެހިކަލް ޚިޔާރުކުރުމުން އެބާވަތުގެ އެންމެ ކައިރިން އޮތް ވެހިކަލުން އެފަރާތުގެ ދަތުރު ގަބޫލުކުރާނެއެވެ. އެއަށްފަހު ޑްރައިވަރ އަންނަ ތަނާއި، ދަތުރު ކުރިއަށްދާނެ މަގުވެސް މި އެޕްލިކޭޝަނުން ފެނިގެންދާނެއެވެ. މީގެއިތުރުން ދަތުރަށް ދާނެ ޚަރަދު ވެސް މި އެޕުން ބަލައިލެވޭނެއެވެ.

މިހާރު މަލޭގައިވެސް މި ހިދުމަތައް ބޮޑު ތަރުހީބެއް ލިބެމުން އަަންނައިރު ޓެކްސީ ސެންޓަރަކުން ދޭ ހުރިހާ ޚިދުމަތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *