ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީ ސިޓީގައި މިއަދު އިފްތިތާހްކޮށްފިއެވެ.
މި ދުވަސް ފާހަގަ ކުރުމަށް މިއަދު އެ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފާއިވާއިރު، މިހަރަކާތް އިފްތިތާޙް ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ.
ދުނިޔޭގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހް ކުރެވުނު މިހަރަކާތުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިވެފައިވެއެވެ.
މިއަދުގެ ހަރަކާތުގައި އެކުދިންނާއި ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީ ސިޓީގައި މިއަދު އިފްތިތާހްކޮށްފައިވާއިރު، މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ ރާއްޖޭގައި ރަސްމީކޮށް ހުޅުވާފައި ވަނީ 7 ޖުލައި 2019 ގައެވެ.
ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީ ސިޓީގައި މިއަދު އިފްތިތާހްކޮށްފައިވާއިރު، އެ ސިޓީގައި މިވަގުތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕް ވެސް ފަށައިގެން ކުރިއަށް އެބަ ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!