ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާފައިނަލްގައި ކުޅުނު މެޗުން ބުރެޒިލް ބަލިވިއިރު އާޖެންޓީނާ މެޗު ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އާޖެންޓީނާ ނެދަލެންޑްސް މައްޗަށް ކުރިހޯދީވެސް ޕެނަލްޓީ ޖަހައިގެންނެވެ. 90 މިނެޓް ނިމުނީ 2-2 ގެ ނަތީޖާއިންނެވެ. އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މެސީގެ ހިތްގައިމު ޕާހަކުން ފުރަތަމަ ގޯލު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ މޮލީނާއެވެ. ދެވަނަ ގޯލު މެސީ ކާމޮޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
ނެދަލެންޑްސްގެ ގޯލުޖެހީ މެޗުގެ 83 ވަނަ މިނެޓުގައި އަދި 90 މިނެޓުތެރޭ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓް ތެރެއިން އެންމެ ފަހު މޮނެޓުގައެވެ. މި ދެގޯލުވެސް ކާމިޔާބު ކޮށްދިނީ ވެގްހޯސްޓްއެވެ.
ޕެނަލްޓީގައި އާޖެންޓީނައިން ޖެހި ފަސް ޕެނަލްޓީ އިން 4 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ނެދަލެންޑްސް އަށް ކާމިޔާބު ކުރެވުނީ 3 ޕެނަލްޓީއެެވެ.
އާޖެންޓީނާ މޮޅުވިއިރު، ވޯލްޑްކަޕުގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރި ބްރެޒިލް މުބާރާތުން ކެޓީ ކްރޮއޭޝިއާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 0-0 ގައި އޮތުމުން ކުޅުނު އިތުރު ވަގުތުގައި ބްރެޒިލްގެ ނޭމާ ގޯލެއް ޖަހައި ލީޑު ނަގައިދީފައިވަނިކޮށް މެޗު ނިމިނިމި އިންދާ ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަ ކުރީއެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ ކުރި ހޯދީ 2-4 އިންނެވެ.
މި ބައްޔާއެކު ބްރެޒިލުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ކުއާޓާ ފައިނަލުން ކަޓައިގެން ދިޔައިރު، މިރޭގެ ބައްޔާއެކު އެ ޓީމުގެ ކޯޗު ޓީޓޭ ވަނީ މަގާމުން އިސްތިއުފާ ފީފައެވެ.
ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ ކުއާޓާގައި ބުރެޒިލް ބަލިކުރި ކޮރޭޝިއާ އާއެވެ. މި މެޗު އޮށްނާނީ އަންނަ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!