ހދ.ހަނިމާދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ހަނިމާދޫގައި ހުރި މުއައްސަސަތާކަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ކެޓަގަރީ ހިމެނެއެވެ. އެއީ އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީއެވެ. ވުމާއެކު މި މުބާރާތުގައި މުއައްސަސާތަކުން އަންހެން ޓީމްތަކަށް ވެސް ބައިވެރި ވެވޭނެއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނިމާދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙް އާލާކުރުމާއި ހަނިމާދޫގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފައްދައި ފުޓްސަލް ކުރިއެރުވުމެވެ. މީގެ އިތުރުން ޒުވާނުންގެ ފުޓްސަލްގެ ހުނަރު ދައްކާލައި ވާދަވެރި މާހައުލެއްގައި ފުޓްސަލް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި މުބާރާރުގައި އެއްވެސް ކުލަބް ޖަމިއްޔާއަކަށް އަދި ސަރުކާރު ހިއްސާއެއް ނެތް އެއްވެސް ކުންފުންޏަކަށް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވެއެވެ.
މި މުބާރާތުގައި ބައިވެރި ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އަހަރުގެ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމަށް ހަނިމާދޫ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 (ފަސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 2000 (ދެހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.
ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/106230.pdf
ގަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/106234.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!