މިއީ ސްވިޓްޒަލޭންޑް ވޯލްޑް ކަޕްގައި ވާދަކުރާ 12 ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އަދި 1934، 1938 އަދި 1954ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވެ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ސްވިޓްޒަލޭންޑް ދެން ފެނުނީ 1994ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2006 އާއި 2014 އަދި 2018ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ.

ކޮލިފައިވީ ގޮތް

Ad
rt

ސްވިސަލެންޑް މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ލައްވާލީ އިޓަލީއާއި އެކު ކޮލިފައިން ގުރޫޕް ސީގައެވެ. ކުޅުނު އެއްވެސް މެޗަކުބް ބަލިވެފައެއް ނުވެއެވެ. ކޮލިފައިނަގައި އަށް މެޗު ކުޅުނުއިރު، ފަސްމެޗުން މޮޅުވިއެވެ. އަނެއް ތިން މެޗުން ވީއެއްވަރެވެ. ސްވިޒަލެންޑް ކޮލިފައިވީ 18 ޕޮއިންޓާއި އެކު ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައެވެ.

މުހިންމު ކުޅުންތެރިން

ގްރަނިޓް ޝާކާ

އާސެނަލް އަށް ކުޅެމުން އަންނަ ޝާކާ އަކީ ސްވިޓްޒަލޭންޑް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޝާކާ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގަ އެވެ. އެގޮތުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ކުޅުމަށް ފަހު، އާސެނަލް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. ސްވިޓްޒަލޭންޑްގެ ޤައުމީ ޓީމަށް 2011 ގައި ކުޅެން ފަށައި މިހާތަނަށް 106 މެޗު ކުޅެދީ 12 ލަނޑު ޖަހާފައިވެއެވެ.

ޔަން ސޯމާ

ޔަން ސޯމާއަކީ މިވަގުތު ސްވިޒަލެމްޑްގެ ގޯލު ބަލަހައްޓަމުން އަންނަ އެންމެ ހުނަރުވެރި އަދި ތަޖުރިބާކާރު ގޯލް ކީޕަރެވެ. އުރުމުން 33 އަހަރުގެ ސޯމާ މިވަގުތު ކުޅެމުން އަންނަނީ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށެވެ. މީގެ ކުރިން އެފްސީ ބާސެލް އަށްވެސް ގިނަ އހަރުތަކެއް ވަންދެން ކުޅުނެވެ. ސޯމާ ސްވިސްގެ ގައުމީޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރުގައެވެ. މިހާތަނަށް 76 މެޗު ވަނީ ކުޅެދީފައެވެ.

ކޯޗު

މުރަތް ޔާކިން ވަނީ މީގެ ކުރިން ސްވިޓްޒަލޭންޑްގެ މަޝްހޫރު ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ގްރާސްހޮޕާ އާއި ސިއޯން އަދި ބާސެލް ހިމެނެ އެވެ. އޭގެ އިތުރުން ރަޝިއާގެ ސްޕާޓާ މޮސްކޯ އަށް ވެސް ކޯޗުކޮށްދިނެވެ. ޔާކިން އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ބާސެލް އާއި އެކުގައެވެ. އޭނާ ވަނީ ބާސެލް އާއި އެކު ސްވިސް ސުޕަ ލީގު ދެފަހަރު ކާމިޔާބު ކޮށްދީފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި ގުރޫޕްގެ ފޭވަރިޓަކީ ބްރެޒިލް އެވެ. ބްރެޒިލްގެ ފަހަތުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ސްވިޓްޒަލޭންޑާއި ސާބިއާ އެވެ. އެހެންކަމުން، ގުރޫޕްގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ދެވަނަ ބުރުގެ ޖާގައެއް ހޯދަން މުހިންމު މެޗަކަށް ވާނެ އެވެ.