އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން މޮޅުވެ އާސެނަލްއިން ލީގްތާވަލްގެ އެއްވަނައިގައި ފަސްޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
ވުލްވުސް ދަނޑުގައި 2-0 ގެ ނަތީޖާއިން އާސެނަލް މޮޅުވި މެޗުގައި ތަފާތު ދެއްކީ ކެޕްޓަން އޮޑެގާޑް އެވެ.
މެޗުގައި އޮޑެގާޑް ގެ ދެގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބު ކުރީ 75 ވަނަ މިނެޓުގައެވެ. މި މެޗުގައި ދެޓީމަށްވެސް ގޯލާއި އަމާޒުކޮށް ފޮނުވައިލެވިފައިވަނީ ދެ ހަމަލާއެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށްބަލާއިރު އަމިއްލަ ދަނޑުގައި ލީޑްސް ގެ މައްޗަށް 4-3 ގެ ނަތީޖާއިން ޓޮޓެންހަމް ވަނީ ކުރި ހޯދައިފައެވެ. ރަށުން ބޭރުގައި ޗެލްސީ ވަނީ 1-0 ގެ ނަތީޖާއިން ނިއުކާސަލް އަތުން ބަލިވެފައެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ކުރި ހޯދީ 3-1 ގެ ނަތީޖާއިން ސައުތެމްޕްޓަން ބަލި ކޮށްގެންނެވެ. ވެސްޓްހަމް ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ލެސްޓާ ސިޓީ އަތުން ބަލިވެފައެވެ.
މީގެ އިތުރުން ބޯންމައުތު އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއިން އެވަޓަން ބަލިކޮށްފައިވާއިރު، ނޮޓިންހަމް އަމިއްލަ ދަނޑުގައި ކްރިސްޓަލްޕެލަސް މައްޗަށްކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!