އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިވަން ޓޯނީ ޖަހައިދިން ދެގޯލުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މައްޗަށް 2-1 ގެ ނަތީޖާއިން ބްރެންޓްފޯޑް ކުރި ހޯދައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ބްރެންޔްފޯޑްއިންނެވެ. މިގޯލު ބެންމީގެ އެހީތެރިކަމާއެކު ޓޯނީ ކާމިޔާބުކުރީ މެޗުގެ 16 ވަނަ މިނެޓުގައެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފޯޑަން އެވެ.

މެޗުން ބްރެންޓްފޯޑް މޮޅުވިގޯލު ޖަހައިފައިވަނީ ފަހުހާފުހެ އިތުރުވަގުތުގައެވެ. އިތުރު ވަގުތުގެ ގޮތުގައި 10 މިނެޓް ދެއްކިއިރު ޓޯނީ ގޯލު ޖަހައިފައިވަނީ 98 ވަނަ މިނެޓުގައެވެ.

މި ލަނޑަން ފަހުވެސް ޓޯނީ އަށް ވަނީ ލަނޑެއްޖަހާނެ ރަގަނޅު ފުރުސަތެއް ލިބިފައެވެ. މި ފަހަރު ފޮނުވާލި ބޯޅަ ގޯލު ރޮގުމަތިންކަހަލަ ގޮތަކަށް ޑިބްރައިނާ ވަނީ ދިފާއު ކޮށްފައެވެ.

ސިޓީ ކޮޅަން ދެގޯލުޖެހި އިވަން ޓޯނީ އަށް އިންގްލެންޑްއިން ވޯލްޑްކަޕަށް ނެގި ސްކޮޑުން ޖާގަ ލިބިފައެއްނުވެއެވެ.

މެޗުގައި ސިޓީއިންވަނީ 17 ހަމަލާއެއް ފޮނުވައިލައިފައެވެ. ގޯލާއި އަމާޒުވެފައިވަނީ 7 ހަމަލާއެކެވެ.

ބްރެންޓްފޯޑްއިން ފިނުވާލި 6 ހަމަލާވެސްވަނީ ގޯލާއި އަމާޒުވެފައެވެ.