•  
  •  
  •  
  •  
  •  
  •  
  •  

ދައުލަތަށް ދައްކަން އޮތް 1 މިލިއަން ރުފިޔާ ދެއްކުމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަފޫރު ވިދާޅުވީ މިއަދު ވެސް، އިއްޔެ ވެސް އަޅުގަނޑުމެންނަށް ޤައުމުން ފެންނަމުން މިދަނީ އަމިއްލަ ފައިދާއާއި ޒާތީ ތަޢައްޞުބުގައި ބައެއް ބޭފުޅުން އުޅުއްވާ މަންޒަރު ކަމަށާއި މި މަޖިލީހުގައި ވެސް މި ފެންނަނީ އެ މަންޒަރު ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދިވެހި ރައްޔިތުންގެ ފައިސާގައި ޖެހޭނެ ބޭފުޅެއް ނޫންކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުފުޅު ކުރައްވާނެ ކަމަށް ގަފޫރު ވިދާޅުވިއެވެ. ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހިތައްއެރިހާ އެއްޗެއް ގޮވަނީ އެ މަނިކުފާނުގެ އަމިއްލަ މަޞްލަޙަތު މިސަރުކާރުން ހިމާޔަތް ނުކޮށްދޭތީ ކަމަށް ވިދާޅުވެ ގަފޫރު ވަނީ ރައީސް ސޯލިހަކީ ވަގެއް ކަމަށް ޖާބިރު ވިދާޅވުމުން ރައްދު ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަކަށް ޖާބިރު ފައިސާ ޚަރަދުކޮށްފައި ނުވާނެ ކަމަށާއި ރައީސް ޞޯލިހު، ޖާބިރުގެ އަތުން ފައިސާ ނުހޯދާނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ވެސް އުޅެ ނިމިދިޔަ އިންތިޚާބެއް އެއީ އިނގޭތޯ. އަނގަފުޅާކޮށްފައި ވާހަކަދެއްކިދާނެ. ދައުލަތަށް ދައްކަން އޮތް އެއް ބިލިއަން ރުފިޔާ ގޮސް އިހަށް ދައްކަބަލަ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު. : ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

ރައީސް ޞޯލިހަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަންކުރާނެ ބޭފުޅެއް ނޫން ކަމަށާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އެ ރައީސް ޞޯލިހާއި ދޭތެރޭގައި އޮންނަ ކަމަށް ގަފޫރު ވިދާޅުވިއެވެ.

ރައީސް ޞޯލިހަކީ ރައްޔިތުންނަށް ޓަކައި ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ތިމާ ވައްކަން ކުރާތީ ދެން ތިބި މީހުން ވައްކަން ކުރާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެއް ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވަނީ ރައީސް ޞޯލިހަށް އެމްއެމްޕީއާރްސީ ގެ ފައިސާވެސް ލިބިލެއްވި ކަމަށް ވިދާޅުވެ، އެކަން ބައްލަވައި ދެއްވުން އެދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަށް ސިޓީ އެއްވެސް ފޮނުއްވާފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ