ހދ. ކުޅުދުއްފުށި ސިޓީގައި އިޖްތިމާއީ އަދި އިޤްތިސޯދީ ބޭސްލައިން ދިރާސާއެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ އެ ކައުންސިލާއި ސްމޯލްއައިލެންޑް ޖޯގްރަފިކް ސޮސައިޓީއާއި ގުޅިގެން ކުރެވޭ ސަރވޭ އެއް ކަމަށެވެ. އަދި މިސަރވޭ ކުރިއަށްދާނީ މިއަދުން ފެށިގެން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

Ad
rt

މިސަރވޭގައި ޒިޔާރަތްކުރާނެ ގެތަށް ހޮވިފައިވާނީ ރެންޑަމް އުސޫލުން ކަމަށާއި މައޫލޫމާތު ނެގުމަށް ގެތަކަށް ޒިޔާރަތްކުރާ ޓީމަކީ އެ ކައުންސި؛ލުގެ ޓީމުކަން އަންގައިދޭ ކާޑު އަޅައިން ތިބި، ޓީމުތޯ ޔަގީން ކުރުމަށްފަހު މައުލޫމާތު ދެއްވުމަށް ސަމަލާކަން ދިނުމަށް އެ ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ.

އެހެންވެ، މި މަސައްކަތުގައި ކުޅުދުއްފުށި ސިޓީގެ ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަކީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

"ސަސްޓައިނަބަލް ލައިވްލިހުޑް އެންޑް އެކޮނޮމިކް ރިކަވަރީ ޕްލޭނިން ޕްރޮޖެކްޓް" ގެ ދަށުން ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިޤްތިސޯދީ ބޭސްލައިން ދިރާސާއެއް ކުރުމަށް ކުރެވޭ ސަރވޭ އެކެވެ. މިޕްރޮޖެކްޓަކީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމް ގެ ދަށުން ހިންގޭ ހަރަކާތެކެވެ.