އއ. އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހުގެ 2.68 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާިއރު، މީގެ ތެރޭގައި ރަށުގެ މައި ހުރިހާ މަގުތަކެއް ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މި މަޝްރޫޢަށް 59.4 މިލިއަން ރުފިޔާ ހޭދަ ވާނެއެވެ.
އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!