ށ. ނޫމަރާ ކައުންސިލް އިދާރާ އިން ބާއްވާ ވޮލީ މުބާރާތް އަންނަ ނޮވެމްބަރު މަހު ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ.
އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ފިރިހެން ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 15 ވާ އަންގާރަ ދުވަހު ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ވަގުތުތަކުގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ ޓީމް ލިސްޓްގައި ގިނަވެގެން ހިމެނޭނީ 9 ކުޅުންތެރިންނާއި 2 އޮފިޝަލުން ކަމަށެވެ.
މި މުބާރާތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި އޮކްޓޯބަރ މަހުގެ 31 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު ކައުންސިލް އިދާރާ އަށް ހުށައެޅުމަށް އެދޭކަމަށް އެ ކައުންސިލުން ވިދާޅުވި އެވެ.
މި މިބާރާތާއިބެހޭ އިތުރު މައުލޫމާތު އަޙްމަދު ރިޒާން (މޯބައިލް ނަންބަރު: 9925806)، ޢަލީ އާރިފް (މޯބައިލް ނަންބަރު: 9948186) އަދި އިބްރާހީމް ރަޝީދު (މޯބައިލް ނަންބަރު: 9785178) ގުޅުއްވުމުން ލިބޭނޭ ކަމަށް ވެސް ނޫމަރާ ކައުންސިލުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!