ކުޅުދުއްފުށީ ބެސްޓް ބަޑީގެ އާ ފިހާރައިން "ވޯލްޑް ކަޕް ފޯރި" ގަދަކޮށްލަން ބޭނުންވާ ހުރިހާ ސާމާނެއް!

best buddy

އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ "ވޯލްޑް ކަޕް" ބެލުމަށް ގިނަބަޔަކު ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައިވެސް މިފޯރި ގަދަވާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމުބާރާތަކަށް އިންތިޒާރު ކުރަމުން އަންނަ އިރު މިއީ ދުނިޔޭގެ އެންމެ ގިނަބަޔަކު ބަލަންމުން އަންނަ މުބާރާތްވެސް މެއެވެ. އެގޮތުން ޒަމާނުންސުރެއް ދިވެހިންނަކީވެސް ފުޓުބޯޅަ ބެލުމަށް ފޯރި ހުންނަ ބައެކެވެ. އާއިލާއާއި ރަޙުމަތް ތެރިންނާއި އެކު ވޯލްޑް ކަޕް ބެލުމަށް ސިޓިން ރޫމު ފަޅުފިލުވާލާވަރުގެ ބޮޑު ޓީވީއެއް ހެޔޮ އަގުގައި ހޯދުމަކީ މިއަދު އުނދަގޫކަމެއް ނޫނެވެ.

ބޮޑު ޓީވީއެއް ގަންނަން ކޮންމެހެން މާލެ ދާކަށް ނުޖެހެއެވެ. ތިލަދުންމަތީގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޮޑު ޓީވީއެއް ގަނެލާފައި ރަށް ގެންދެވިދާނެ އެވެ. މިފަހުން ކުޅުދުއްފުށީގައި ހުޅުވި ބެސްޓް ބަޑީގެ ބޮޑު ފިހާރައިން އެކި ސައިޒުގެ އެކި ބުރޭންޑުގެ ޓީވީ ލިބެން އެބަހުއްޓެވެ.

އެގޮތުން، ޓީއެލްސީ ބުރޭންޑުގެ 32 އިންޗީގެ 4ކޭ އެޗްޑީ ސްމާޓް ގޫގުލް ޓީވީއެއް 2500 ރުފިޔާއަށް ލިބެން ހުރި އިރު ހަމަ އެބުރޭންޑުގެ 43 އިންޗި ލިބެން ހުރީ 4499 ރުފިޔާ އަށެވެ. 50 އިންޗީގެ ޓީއެލްސީ 4ކޭ ޔޫއެޗްޑީ ސްމާޓް ގޫގުލް ޓީވީއެއް 6999 ރުފިޔާއަށް ލިބެން ހުރި އިރު އެބުރޭންޑްގެ 55 އިންޗި ލިބެން ހުރީ 8500 ރުފިޔާ އަށެވެ.

ސިޓިން ރޫމް ފަޅުފިލުވާލެވޭ ވަރުގެ އެންމެ ބޮޑެތި ޓީވީ ތަކުގެ ތެރޭގައި ހިމެނެނީ 65 އިންޗީގެ އަމާޒް 4ކޭ ޔޫއެޗްޑީ ކިއުލެޓް ޓީވީއެވެ. އެޓީވީގެ އަގަކީ 13000 ރުފިޔާ އެވެ.

ޓީވީގެ އިތުރުން، ހޯމް ތިއޭޓަރ ސިސްޓަމްސް ވެސް ވަރަށް ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ. އެކި ސައިޒުގެ ސްޕީކަރާއި ހެޑްފޯނާއި ހެޑްސެޓް އަދި އެކި ކަންކަމުގައި ބޭނުންކުރަން ޖެހޭ ކޭބަލާއި އެޑެޕްޓަރާއި ފާސްޓް ޗާޖަރު އަދި ކޮންވާޓަރ ވެސް ލިބެން އެބަހުއްޓެވެ.

ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގައި ހުންނަ އެ ފިހާރައިން އެކި ބުރޭންޑުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ. އެފިހާރައިން ލިބެން ހުރި ބައެއް ސާމާނުތަކާއި އޭގެ އަގުތައް އެފިހާރައިގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ވަޑާން ސާމާނު، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ޝޫރޫމް ވެސް މިފިހާރައިގެ ފުރަތަމަ ފަނގި ފިލާގައި ހުންނާނެ އެވެ.

މީގެ އިތުރުން ބެސްޓް ބަޑީއިން ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެކި ސައިޒުގެ ރަށު ޕިކަޕާއި އެކި ބާވަތްތަކުގެ ބެޓެރީ ވެހިކަލް އާއި ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ އެކިޒައިޒްގެ ބައިސްކަލް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ބެސްޓް ބަޑީއިން ވިއްކާ ވެހިކަލް ތަކަށް ބޭނުންވާ ސްޕެއަރ އާއި އެކި ސައިޒްގެ ތަށި މުށި އަދި ހާޑްވެއަރގެ ގިނަ ބާވަތްތައް މިފިހާރައިން ލިބެން ހުންނާނެއެވެ.

ލެޕްޓޮޕާއި މޮބައިލް ފޯން އެކްސެސަރީޒް، ކަސްރަތުކުރުމަށް ބޭނުންވާ ތަފާތު އެކި އެކި މެޝިންތަކާއި ކުޑަކުދިންގެ ކުޅޭ ސާމާނުގެ ވަރަށް ގިނަ ވައްތަރުތައް ލިބެން ހުންނާނެއެވެ.

ކުޅުދުއްފުށި ސިޓީ އަކީ ހއ. ހދ. އަދި ށ އަތޮޅުގެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދަތުރު ކުރަމުން އަންނަ ސިޓީއަކަށް ވާއިރު، އެހެން ރަށެއްގައި ހުރި ފަރާތަކުންވެސް އޯޑަރ ދެއްވުމުން އެރަށު ބަނދަރުގައި އޮންނަ ބޯޓަށް ގެންގޮސްދޭނެކަމަށް ވެސް އެފިހާރައިން ބުނެއެވެ.

އޯޑަރ ދެއްވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް އެފިހާރައިގެ ނަންބަރ 9193965 އަށް ގުޅުއްވުން އެދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި