ސްޕެއިން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ސެލްޓަ ވީގޯ ކައިރިން ބާސާ ހޯދި އުނދަގޫ މޮޅާއެކު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ބާސާ އެއްވަނައިގައި އޮތީ ފައިދާ ގޯލުން ނެވެ. ދެވަނައިގައިވާ ރެއާލްއަށްވެސް ބާސާއަށްވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ.
މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ ސުޕެއިންގެ 19 އަހަރުގެ ހުނަރުވެރި މިޑްފީޑަރ ޕެޑްރީ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ 10 ހަމަލާއެއް ފޮނުވައިލާފައެވެ. އޭގެ ތެރެއިން ގޯލަށް އަމާޒު ވެފައިވަނީ 5 ހަމަލާއެވެ.
ސެލްޓަޑިވިގޯއިން ފޮނުވާލި 8 ހަމަލާގެ ތެރެއިން 4 ހަމަލާވަނީ ގޯލައި އަމާޒުވެފައެވެ.
މި ނަތީޖާއާއި އެކު ބާސާއިން އެއްވަނައަށް ޖެހިލިއިރު، މެޗުން ބަލިވި ސެލްޓަޑިވިގޯ އޮތީ ތާވަލުގެ 10 ވަނައިގައެވެ.
މިއީ އެންމެ ފަހުން މި ދެޓީމު ބައްދަލު ކުރި ފަސްމެޗުގެ ތެރެއިން ބާސާ ކާމިޔާބު ކުރި 3 ވަނަ މެޗެވެ. އެއްމެޗު އެއްވަރުވެގެން ނިމުނުއިރު، ސެލްޓަޑިވިގޯއިންވަނީ އެއްމެޗު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!