އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނުމެޗުން 3-2 ގެ ނަތީޖާއިން ލިވަޕޫލު ބަލިކޮށް އަލުން އާސެނަލް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗު ފަށައިގެން 57 ވަނަ ސިކުންތުގައި އާސެނަލް ވަނީ އެމީހުންގެ ފުރަތަމަ ގޯލު ޖަހާފައެވެ. މި ގޯލު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ އޮޑެގާޑު ގެ އެހީތެރިކަމާއެކު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ގެބްރިއަލް މާޓިނެއްލީއެވެ.

Ad
rt

34 ވަނަ މިނެޓުގައި ލިވަޕޫލްއިން ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒްގެ އެހީތެރިކަމާއެކު ޑާވިން ނުނޭޒް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ ގޯލެއްޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު އާސެނަލް އަށް ހޯދައިދީފައެވެ. މިގޯލު ޖަހައިފައިވަނީ ފުރަތަމަ ހާފުގައި އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 53 ވަނަ މިނެޓުގައި ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއެކު ރޮބާޓޯ ފިރުމީނޯ ގޯލެއްޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަ ހަމަ ކުރިއެވެ.

މެޗުގެ ތިންޕޮއިންޓު ކަށަވަރު ކުރިގޯލު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 76 ވަނަ މިނެޓުގައި ބުކާޔޯ ސަކާ އެވެ.

މި ނަތީޖާއާއިއެކު އާސެނަލް އެއްވަނަ މަގާމަށް ޖެހިލި އިރު، ލިވަޕޫލުވަނީ ދިހަވަނަ މަގާމަށް ވެއްޓިފައެވެ.

އިނގިރޭސި ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީޑްސް ޔުނައިޓެޑުގެ މައްޗަށް 2-1 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސްވަނީ ކުރި ހޯދާފައެވެ. 3-1 ގެ ނަތީޖާއިން ވެސްޓްހަމް ވަނީ ފުލަމް ބަލިކޮށްފައެވެ. ޔުނައި ޓެޑް ވަނީ އެވަޓަންއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިން މޮޅުވެފައެވެ.