ދިވެހިންގެ ބޭންކް، ބީއެމްއެލް ގެ ހިދުމަތަށް މިރޭ ގެސް ބުރޫ އަރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން ދެމުން އަންނަ އިންޓަނެޓް ބޭންކިން އާއި އޭޓީއެމް އާއި ޕީއޯއެސް މެޝިން އަދި ޑޮލަރު ޕޯޓަލްގެ ހިދުމަތް މިރޭ 30 މިނެޓަށް މެދުކެނޑޭނެ ކަމަށެވެ.
މި ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ބަލާފައިވަނީ މިރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގައެވެ. ހިދުމަތް މެދުކަނޑާލަނީ ކުރިން ޕްލޭން ކޮށްފައިވާ މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރާތީ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ޕްލޭން ކޮށްގެން ކުރިއަށްގެންދާ މެއިންޓެނެންސް މަސައްކަތުގެ ސަބަބުން ދޭތެރެ ދޭތެރެއިން ހިދުމަތް މެދުކަނޑާލައެެވެ. މީގެ ސަބަބުން ބޭންކަށް ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަމާޒުވެއެެވެ.
Customers will experience service interruptions to Internet Banking, ATMs, POS machines, Payment Gateway, USD Booking Portal and Debit/Prepaid Card Services from 1:30 to 2 am tonight (30 September 2022) due to a planned maintenance. We apologise for any inconvenience caused.
— Bank of Maldives (@bankofmaldives) September 29, 2022
ބޭންކުގެ ކަސްޓަމަރުން ބުނާ ގޮތުގައި މެއިންޓެނެންސްގެ މަސައްކަތް އެހާ ގިނައިން ކުރާއިރުވެސް ހިދުމަތުގެ ފެންވަރު ރަނގަޅުނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!