ބޮޑު ތިލަދުންމަތީގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ: ރައީސް

Raees Solih

ބޮޑު ތިލަދުންމަތީގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޒޯން 1 ގެ ޚިދުމަތް "ބޮޑުތިލަދުންމަތި ގުޅާލުން" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ޙައްލުކޮށްދޭންޖެހޭ ކަމަށެވެ. އަދި އިހަވަންދޫގެ ތަރައްގީއަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ސަރަޙައްދުން މަސް ގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ ކަމަށެވެ.

"ޖުމްލަ 43 ހެކްޓަރުގެ ބިން އިތުރުކުރުމުގެ ތަފާތު މަޝްރޫޢުތައް މި ސަރަޙައްދުގައިވެސް އެބަ ހިނގާ. އަދި ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ. އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ޙައްލުކޮށްދޭންޖެހޭ. މި ދެންނެވި ދެ މަޝްރޫޢު އިހަވަންދޫގައި އެދަނީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ މި ސަރަޙައްދުން މަސް ގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްދޫގައި ހުރެ މި ވާހަކަ ދައްކާއިރު، ދިއްދުއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ލިސްޓެއް އެބައޮތް ކަމަށާއި އެ ލިސްޓުގައި ފާހަގަޖަހަމުންދާ ކަމަށެވެ. އަދި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފެށފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ތަޢުލީމީ މަރުކަޒުގެ 12 ކްލާސްރޫމްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަނދަރު އެދަނީ، ދިއްދޫ ރައްޔިތުން ބޭނުންވިގޮތަށް ބޮޑުކުރެވިގެން ކަމަށެވެ. އަދި ބަނދަރަށް އިތުރުކުރެވޭ 620 ފޫޓާއެކު، ބަނދަރު ނިމޭއިރު 1900 ފޫޓު ދިގު ބަނދަރަކަށް ބަދަލުވާނެކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް ސާލިހު ވިދާޅުވީ އިތުރު މަގުތައް ހެދުމަށް އާރު.ޑީ.ސީ.އާ ހަވާލުކުރެވިފައިވާ ކަމަށާއި މަސައްކަތް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އާ އިންޖީނުގޭގެ މަސައްކަތް ކުރިއަށްދާ ކަމަށާއި 75 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިއްދޫގެ ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު، އެ ރަށުގެ އަމާންވެށީގެ ޚިދުމަތް އެދަނީ ފޯރުކޮށްދެމުންކަން ވެސް ރައީސް ސާލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Sarukaaru kunfunithakuge therein emme corruption higaa kunqfunitaSq thakuge MD edhathuruga gengos mihunnanee Mikungunithakuge MD I nah thimanna ge firihama ithubaaru ebaothey miee 2023 huge riyaasee inthiKaabah thahyaaru un nun dhen koachehthwE MD hi Beybe goiy
    thuan komme rahyithakuves visnaalahvaa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި