ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ކުޅުދުއްފުށީ ސިޓީގައި ހުންނަ މި ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

Ad
rt

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމުގައި އެ ސެންޓަރުގެ 14 މުވައްޒަފަކު ބައިވެރިވިއެވެ.

މި ޕްރޮގްރާމުގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން ކުރާނެ ގޮތުގެ އިތުރުން، އާންމުކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ރަނގަޅު ގޮތްތައް ކިޔައިދެވުނު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ.