ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އަހަރެންގެ ބޭންކް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުގެ ޓީމްތަކުން މުބާރާތުގައި ބައިވެރިވާން ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން މިޑްލް ސްޕޯޓްސް ކުލަބުގެ ރަސްމީ މެއިލްއަށް ފޮނުއްވައި ދެއްވުމަށް އެ ކުލަބުން އެދިލައްވައެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ، ޓީމް ލިސްޓްތައް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހޭ ފޯމް ވެސް މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން އެ ކުލަބްގެ މެއިލް އެޑްރެހަށް ފޮނުއްވައި ދެއްވުމަށް އެ ކުލަބުން އެދިލައްވައެވެ. އެ ކުލަބްގެ ރަސްމީ އީމެއިލް އެޑްރެސްއަކީ info@middlesportsclub.com އެވެ.
މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ 06 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. ކޯ ސްޕޮންސާއަކީ އެންޒެޑެވެ.
މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރާ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމްގެ އިތުރުން މުބާރާތުގެ ގަވާއިދު މިޑްލް ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!