މަންޓާ އެއާއިން ހއ. ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.
އެ އެއާލައިނުން މި ދަތުރުތައް ފެށީ މިއަދުއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބީޗް ކްރާފްޓް 1900ޑީ ކަމަށް މަންޓާއިން ބުންޏެވެ.
މަންޓާ އިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަދި މަންޓާ އެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
މަންޓާ އެއާއިން ހޯރަފުއްޓަށް ދުވާލަކު ދެ ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަންޓާއިން ކުރާ ދަތުރުތަކުގައި ބޭނުން ކުރާ އެއާކްރާފްޓަކީ 18 ސީޓާގެ އެއާކްރާފްޓެކެވެ. މިއީ މިވަގުތު ޑޮމެސްޓިކް މާކެޓުގައި ހުރި އެންމެ ބާރަށް އުދުހޭ މަތިންދާ ބޯޓެވެ.
މަންޓާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ، މިއީ ގިނަ ބަޔަކަށް ފައިދާވާނެ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!