ރެޕިސްކޭންގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރާއެކު ރީޖަނަލް އެއާޕޯޓްސްތައް، ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ސްޓޭންޑަޑަށް ގެނެސްފިއެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއެއްގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބެއްލެވުމުގެ ދަށުން ޑިފެންސް މިނިސްޓްރީގެ ޑާސާއިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެނައޮ ބަދަލެކެވެ.
އެގޮތުން ރީޖަނަލް އެއަރޕޯޓްސް އިން ހިންގަމުން އަންނަ 4 އެއާޕޯޓެއްގައި ބެހެއްޓި މެޝިންތައް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އަލަށް މި މެޝިންތައް ބަހައްޓާފައިވަނީ، ހދ.ކުޅުދުއްފުށީ އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓާއި، ޏ.ފުވައްމުލައް އެއާޕޯޓާއި، ގދ. މާވަރުލު އެއާޕޯޓުގައެވެ.

އަލަށްބެހެއްޓި މެޝިންތަކާއެކު ރީޖަނަލް އެއާޕޯޓްސް އިން ބަލަހައްޓާ ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑާސާއިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިންގޓެކްނޮލޮޖީ" ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތަކެވެ.

އާރުއޭސީއެލް އިން 4 އެއާޕޯޓްގައި ބެހެއްޓި މެޝިންތަކަކީވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިންތަކެކެވެ. އަދި އެބްރޭންޑްގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރއަކީވެސް އާރުއޭސީއެލް އެވެ.

މިއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
މި ސްކްރީނިން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ކުންފުންޏާއި ރައްޔިތުންވެސް ގިނަދުވަސްތަކެއްވަންދެން އުފުލަމުން އައި ތަކުލީފުތަކަށް ނިމުންއައިސް، ދަތުރުފަތުރުކުރާ ފަރާތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!