Skip to main content
Topic Archive

#ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު

20 Stories filed
ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!
Thiladhunmathi News

ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!

މިހުންނެވީ ދިވެހި އުންމަތުގެ ޚާލިދު ބުން ވަލީދެވެ. މިއީ ދިވެހި ޤައުމުގެ ޞަލާޙުއްދީނުލް އައްޔޫބީއެވެ. މިއީ ދިވެހި ޖަޒީރާގެ ޠާރިޤު ބިން ޒިޔާދެވެ. ދިވެހިރާއްޖޭގެ ބޮޑުގަނޑުވަރުގައި ތައުޙީދުގެ ވޮށް ދިއްލީއްސުރެ، ދިވެހި ތާރީޚުގެ އެންމެ އަގުހުރި ސަފުހާ ލިޔުއްވި ދިވެއްސެވެ. ތިލަދުންމަތީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބު ތަކުރުފާނެވެ. މިއީ ދިވެހިރާއްޖޭގެ ބޮޑުތަކުރުފާނެވެ. އަލިރަސްގެފާނު ޝަހީދުކޮށް، ނަޞާރާ ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ ހިޖުރައިން 965 ވަނަ އ...

ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު
Thiladhunmathi News

ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު

އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އާއި ކަޅުއޮށްފުންމީގެ މުޖާހިދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް ކުރެއްވި ހިތްވަރުގަދަ ޖިހާދު ދިގު ދެމިގެން ދިޔަ މުއްދަތަކީ ކޮބައިހެއްޔެވެ؟ ބޮޑުތަކުރުފާނުގެ ޖިހާދުގެ މުއްދަތާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި އޮންނަނީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ވީ ހަތަރެއް ނުވަތަ ތިން އަހަރުކަމަށެވެ....

ކަޅުއޮށްފުންމީގެ އަސްލު ނަމަކީ ކޮބާ؟
Column

ކަޅުއޮށްފުންމީގެ އަސްލު ނަމަކީ ކޮބާ؟

“ޙަސަން ތަކުރުފާނު އަތްދޮވެލާން ކަނޑަށް ގުދުވެލެއްވިތަނާ، މުޙައްމަދު ތަކުރުފާނު އޮޑި ދީލާލައްވާފައި މަތިއެނގައަށް ވާންކޮށްލެއްވިއެވެ. (މަތިއެނގައަކީ ހަތަރެސްކަން ރިޔާ ނަގާ އެއްޗެހީގެ އަރަލުގެ ދެކޮޅުގައި ބައްދައިފައި ހުންނަ ދެ ވަލުގެ ތެރޭން ވައިމަތި ފަރާތުގެ ވަލެވެ.) ޙަސަން ތަކުރުފާނު އަތް ދޮވެލައިގެން ތެދުވެ، ދޫކޮށްލެއްވި ކަޅުއޮށް ބެއްލެވިއިރު ތިންރާޅު މަތީގައި ފޮތިކެނޑިފައި ފިލާގަނޑު ގުދަށް ޖެހެއެވެ. ޖެހޭއިރު އޮންނަނީ ތިންބުރީ ނަނަށް ވާންވެފައެވެ. ވާންވެލާކަށްވުރެ އަވަހަށް ތިން ރާޅުމަތީގައި ފޮތ...

ތާޖުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނު އަވަހާރަވުން
Column

ތާޖުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނު އަވަހާރަވުން

“މިއީ ދުނިޔޭގެ އުސޫލެވެ. މި ގޮތުން މި ރަދުންގެ އަޖަލު އައިސް ޖެހުނު ވަގުތު ކަނޑިއާއި ލޮންސި އަދި ކިޔެއްތަ، އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. މާތްކަމާއި މޫރިތިކަމާއި ޢިއްޒަތާއި ޖާހާއި ފަޚުރުވެރި މަޤާމު ދޫކުރައްވައި ކަފުނުގެ ބަނޑެލިތަކުން ބެނދިވަޑައިގެންނެވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަދި ރަސްކަމުގެ ތަޚުތުން ފައިބައި ވަޑައިގެން ފަޚުރުވެރި ގަނޑުވަރު ދޫކުރައްވައި މީސްތަކުންގެ ކޮނޑުތަކުގައި އުފުލިގެންވީ ސަންދޯކެއްގައި ކަށްވަޅުގެ ތުންފަތްމައްޗަށް ވަޑައިގަންނ...

ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަން!
Column

ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަން!

“މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމަ” އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ. ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދުވާފަރުގެ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގައި ކަސްއަޅައި ދޮސްއަޅައިފައިވާ އިން ކުއްޖަކު ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ. އެ ކުއްޖާ ކަޅުއޮށްފުންމިއަށް ލެއްވުމުން ކޮއްކޯފުޅު ޙަސަން ތަކުރުފާނު އެކަމާ ހި...

ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން (އެއްވަނަ ބައި)
Column

ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން (އެއްވަނަ ބައި)

ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލެވެ. މި ސަރަޙައްދުގެ ގިނަ ރަށްތަކަކާއި ޤައުމުތަކެއް ޕޯޗްގީޒުން އޭރު ތިބީ އަޅުވެތިކޮށްގެންނެވެ. ރާއްޖެއަށް ޕޯޗްގީޒުންގެ ލަޝްކަރު އައީ އިންޑިއާގެ ގޯވާއިންނެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ ހިފީ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު މީލާދީން 1558 ވަނަ އަހަރުއެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަން ކުރެއްވީ 1573 ވަނަ އަހަރުއެވެ. ބޮޑުތ...

ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން
Thiladhunmathi News

ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން

މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި ވަޒީރުކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ. ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ދެންނެވިދާނެއެވެ. އެކަމަކު އެރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ކުރެއްވިއެވެ. އެއީ ނުކުރައްވާ ކަންތައްތައް ކަމަކަށް ނުހެދޭނެއެވެ. އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ...

Report

ބޮޑު ތަކުރުފާނާއި ރެހެންދި

ބޮޑު ތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުުރުފާނުލް އަޢުޡަމް ސިރީ ސަވާއްދީއްތަ މަހާރަދުންނަކީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް އެ ބޭފުޅަކަށް ޓަކައި ނިސްބަތްވެވޭ ޤައުމީ ބަޠަލެވެ. ޕޯޗުގީޒުންގެ ފަނަވަރަކަށް އަހަރުވީ އަޅުވެތިކަމުން މި ލޮބުވެތި ދިވެހި ފަސްގަނޑު ސަލާމަތްކުރެއްވި ކުޅަދާނަ މުޖާހިދެވެ. “ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އޭގެ ތިން ބަޠަލުން (އުތީމު ތިންބެއިން) ” ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވެވި ގެރިއްލާ ހަނގުރާމައިގައި އެންމެ އިސްކޮށް ހުންނެވި ފަހުލަވާނެވެ. ދިވެހި...

ބޮޑުތަކުރުފާނު: ދިވެހި ހިތްތަކުގެ ބަޠަލު
Report

ބޮޑުތަކުރުފާނު: ދިވެހި ހިތްތަކުގެ ބަޠަލު

ދިވެހި ތާރީޚު ހެކިދޭ ގޮތުގައި ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ، ޤައުމު ދިފާޢުކުރައްވާފައެވެ. މި ޙަޤީޤަތަކީ ތާރީޚްގެ ފަތްފުށްތަކުން ނިއުޅެމުން މިއަދާއި ހަމައަށް ވެސް ފެންނާން އޮތް ފަނޑުވުމެއް ނެތް ޙަޤީޤަތެކެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަތަށާއި، އެކުވެރިކަން އިސްކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބ...

ބޮޑު ތަކުރުފާނު ކުރެއްވީ ދީނީ އަދި ޤައުމީ ޖިހާދެއް
Thiladhunmathi News

ބޮޑު ތަކުރުފާނު ކުރެއްވީ ދީނީ އަދި ޤައުމީ ޖިހާދެއް

ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑު ތަކުރުފާނު އިސްވެ ހުންނަވައި ކުރެއްވި ހަނގުރާމައަކީ ޤައުމީ ޖިހާދެއްތޯ ސުވާލުކުރާ ދިވެހީން އެބައުޅެއެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ޝާމިލުނުވެ، މާލެއާއި އުތުރުގެ އަތޮޅުތަކުގައި ހިނގި އެ ހަނގުރާމައަށް ޤައުމީ ޖިހާދެކޭ ނުކިޔޭނެޔޭ ވެސް ކިޔައެވެ. ސުވާލުގެ ތަފުސީލަށް ދިއުމުގެ ކުރިން ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އެބަ އޮތެވެ. ޤައުމީ ބަޠަލުންނާމެދު މިފ...

ތިލަދުންމަތީ ބޮޑު ތަކުރުފާނަށް ނިސްބަތްވާ ބައެއް ޝަރަފު
Thiladhunmathi News

ތިލަދުންމަތީ ބޮޑު ތަކުރުފާނަށް ނިސްބަތްވާ ބައެއް ޝަރަފު

ރާއްޖޭގައި 15 އަހަރާއި ހަ މަސްދުވަސް ވަންދެން އަނިޔާވެރި ވެރިކަމެއް ކުރި ޕޯޗްގީޒުންގެ އަތްދަށުން ގައުމު މިނިވަންކޮށްދެއްވި ބަޠަލަކީ ތިލަދުންމަތީ އުތީމު ބޮޑުތަކުރުފާނެވެ. އަޅުވެތިކަމުން މިނިވަންކަމަށް ދިވެހި ރާއްޖޭ ގެނައުމަށް ކުރެއްވި ޖިހާދުގެ ސަބަބުން އެތަކުރުފާނަށް ދިވެހިންގެ ލޯތްބާއި ޤަދަރު އަބަދުވެސް ލިބިފައިވެއެވެ. މިނިވަން ކަމުގެ ފަޚުރު ދިވެހީންނަށް ހާސިލުކޮށްދެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން އެތައް ޝަރަފެއް ދިވެހިން ވަނީ އެތަކުރުފާނަށް އަރުވާފައެވެ. އަދި މިހާރުވެސް ދަނީ އެޝަރަފު އަ...

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)
Thiladhunmathi News

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ. ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައ...

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)
Thiladhunmathi News

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)

ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބ...

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް
Thiladhunmathi News

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

“މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ.” މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ...

ބޮޑުތަކުރުފާނުގެ ބޮލުފޭލިކޮޅު
Thiladhunmathi News

ބޮޑުތަކުރުފާނުގެ ބޮލުފޭލިކޮޅު

މިއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އާދެ! ބޮޑުތަކުރުފާނު ތުރުކުރެއްވި ބޮލު ފޭލިކޮޅެވެ. ބޮލުފޭއްޔަކީ ކޮބައިތޯއެވެ. އެއީ އަންނަ ފޭއްޔާ އެއްވައްތަރަށް އެއަށްވުރެ، ކުދިކޮށް ހަނިކޮށް ބޮލުގައި އަޅަން ވިޔެފައި ހުންނަ ފޭއްޔެވެ. އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުފޭލި ހުރެއެވެ. ތަފާތަކީ ފިރިހެނުން ބޮލުގައި އަޅާފޭލީގެ މެދު ހުންނަނީ ރަތްކޮށް ކަމަށްވެފައި އަންހެނުން އަޅާފޭލީގެ މެދު ހުންނަނީ ކަޅު ކޮށް ކަމަށްވުމެވެ. ބޮލު ފޭއްޔަކީ ރަސްމީގޮތުން އަޅައި އުޅުނު އެ...