ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ޓޫރިޒަމް މިނިސްޓަރުގެ އަރިހަށް
ފަތުރުވެރިކަމުގެ ސިނާއަތުގައި ހއ. އަތޮޅަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ކުރިއަށް އެއަތޮޅުގައި ރޭވިފައިވާކަންކަމާއި މެދު މަޝްވަރާ ކުރެއްވުމަށް ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްގެ އަރިހަށް ޒިޔާރަތް ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ. މިބައްދަލުވުން އޮތީ މިއަދު ޓޫރިޒަމް މިނިސްޓްރީގަ އެވެ. މިބައްދަލުވުމާއި ގުޅޭ ގޮތުން ތިލަދުން އަށް މަޢުލޫމާތު ދެމުން ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް (ސައްލޭ) ވިދާޅުވީ މިއީ ހއ. އަތޮޅުގައި ގެސްޓް ހައުސްތަކާއި ފަތުރ...