ބޭސްފަރުވާއަށް ދޭ 1000 ޑޮލަރު 6 ގައުމަކަށް، އާސަންދައިގެ ޑޮލަރަކަށް ބަދަލެއް ނާދޭ
ދިވެހިން އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު ދޫކުރާ 1،000 އެމެރިކާ ޑޮލަރު ދޫކުރާނީ އާންމުކޮށް ދިވެހިން ބޭސްފަރުވާއަށްދާ ހަ ގައުމަކަށް އެކަނި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1،000 ޑޮލަރު ދޫކުރަން ނިންމާފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ. މި ގައުމުތަކަކީ އާންމުކޮށް ދިވެހީން ފަރުވާ...