ރަސްމީ ރިޒާވަށް 51 މިލިއަން ޑޮލަރު އިތުރުވެ، 600 މިލިއަނާ ގާތަށް
މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވަށް 51.4 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ ރިޒާވް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރާ ގާތްކޮށްފިއެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވްގެ އަދަދު ވެސް ވަނީ މައްޗަށް ޖެހިލާފައެވެ.