ތެޔޮ އުފުލާ ދޯންޏެއްގައި ރޯވުން: 90 ޕަސެންޓް އަލިފާން ކޮންޓްރޯލް ކުރެވިއްޖެ
ށ. ކަނޑިތީމު ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިރޭ 23:05 ގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާއާއި ގުޅިގެން ކުރިން ފުލުހުން ވިދާޅުވެފައިވަނީ، ކަނޑިތީމު ބަނދަރު ތެރޭގައި އަޅާފައި...