ހޯމް ސްކޫލިން ބިލުގައި ހަރުކަށި ފިކުރެއް ނެތް، މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އޮތް ފުރުސަތެއް: އަލީ މޫސާ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އެއްވެސް މާއްދާއެއްގައި ހަރުކަށި ފިކުރެއް އެކުލެވިގެން ނުވާ ކަމަށާއި، މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުޞަތު ފަހިކޮށްދިނުމަށް ގެނެވޭ މުހިންމު އިޞްލާޙެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި