އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ މައްޗަށް މެލޭޝިޔާގައި ކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ސެއިޚް ނިސްބަތްވާ ޚިދުމަތް ޖަމިއްޔާއިން ބުނީ ސެއިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

Ad
rt

ސެއިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މެލޭޝިޔާގެ ރާޖާ ހާޖީ ފިސަބިއްލާހި މަސްޖިދުގައެވެ. ކަށުނަމާދު އޮންނާނެކަމަށް ޚިދުމަތް ޖަމިއްޔާ އިން ބުނެފައިވާ ވަގުތަކީ 11:00 އިން 12:30 އެވެ.

ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމާފައިވާއިރު، ޝެއިހްގެ އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވާށެވެ. އެކަމަކު ސެއިޚްގެ ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވީ އެވެ. އެހެންވެ، ސެއިޚްގެ ޖަނާޒާ މެލޭޝިޔާގައި ބާއްވަން ޢާއިލާއިން ނިންމީއެވެ.

ސެއިޚް ފަރީދުގެ ހަށިގަނޑު އަންނަ ހުކުރު ދުވަހުގެ ކުރިން ވަޅުލައިފި ނަމަ އަންނަ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.