ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޕީއެންސީން ތާއީދު ކުރުމާއެކު އެމްޑީޕީން އެކަމަށް ދެކޮޅު ހަދައި މަގުމަތީގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައިއެމްޑީޕީން އުޅެނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޕީއެންސީގެ ސިޔާސަތު ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާކަމަށާއި އެމަނިކުފާނުގެ ވައުދުތައް ވެސް ފޮތެއްގެ ސިފައިގައި ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ގެންގުޅުއްވާ ތަރައްގީގެ ވިސްނުން ވާދަވެރިންގެ ކިބައިން ނުފެންނާނެ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޕާޓީގެ ވިސްނުމާއި ސަރުކާރުގެ ވިސްނުމާއި ކައުންސިލުތަކުގެ ވިސްނުން އެއްގޮތްވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ވިސްނުން އެއްގޮތް ކޮށްގެން އޭރަކު އޮންނަ ސަރުކާރަކުން މަސައްކަތް ކުރާނީ. މި ސަރުކާރުގެ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރަން ޕާޓީ ތެރެއިން ގުޅިގެން މަސައްކަތް ކުރާއިރު އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ ކިހިނެތްތޯ ވާނީ؟. އޭނާ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިއާލާ ރައްޔިތުންނަށް ވިސްނައިދޭނީ ކޮން ކަންތައްތަކެއްތޯ؟ މިއީ ވިސްނަންޖެހޭނެ ކަމެއް. އެހެންވެ މި ދަންނަވަނީ ސަރުކާރުގެ ސިޔާސތު ތަންފީޒު ކުރާާނެ ބަޔަކު ހޮވާދޭށޭ. " ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ތަރައްގީގެ ޕްލޭން އެމަނިކުފާނު އެކަށައެޅުއްވި ގޮތަށް ތަންފީޒު ކުރެވިގެން ދާނޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!