މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)

9 Stories filed
ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
Thiladhunmathi News

ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެ ކޯޓުގެ އަހަރީ ބައްދަލުވުން ބާއްވައިފިއެވެ. ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ދެވަނަ އަހަރީ ބައްދަލުވުމުގެ ބައިވެރިން، ފޮޓޯ: ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު މި ބައްދަލުވުމަކީ، ހދ ޖުޑީޝަލް ދާއިރާއަށް ނިސްބަތްވާ މީހުން ދިރިއުޅޭ 13 ރަށުގައި ޤާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުން ބައިވެރިވި، އަތޮޅު ފެންވަރުގައި ހދ ޖުޑީޝަލް ދާއިރާގައި ބޭއްވުނު ދެވަނަ ބައްދަލުވުމެވެ. މިގ...

"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި
Raajje

"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި

ޖުޑިޝަރީ ދާއިރާގެ “ޤަޟާޢީ އަހަރު 2025” ރޭ އިފްތިތާހްކޮށްފިއެވެ. މިއީ ޖުޑީޝަރީ ދާއިރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިހްތިފާލެކެވެ. މީގެ މަގްސަދަކީ އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު...

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި
Raajje

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ. އެކަން ހާމަކުރައްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފައި ވަނީ އެ ކޯޓުތަކުގެ ޖުޑީޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ. މިގޮތުން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް ޑީޖޭއޭއިނ...

"ކޯޓަށް ފަރިތަ" ނަމުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭނެއް ފަށައިފި
Raajje

"ކޯޓަށް ފަރިތަ" ނަމުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭނެއް ފަށައިފި

“ކޯޓަށް ފަރިތަ” ނަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ. މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއީ ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ކޯޓުތަކާއި ގުޅުންހުރި މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސިލްސިލާކޮށް ހިންގުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ “ކޯޓަށް ފަރިތަ” ހޭޝް ޓެގާއެކު މި ތައާރަފް ކުރ...

''އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ''
Raajje

''އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ''

އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން ކަމަށެވެ. ރާއްޖޭގައި ވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވި ކަމަށާއި އެބޭފ...

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި
Raajje

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި އެވެ. މި އިމާރާތް މިއަދު ހުޅުވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާން އެވެ. މިދަތުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވި އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކައިގާ ކަނޑައެޅުނު ޓާގެޓާއި އެއްގޮތަށް ޢިމާރާތު...

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

ބޮޑުތިލަދުންމަތީގެ ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މި ޕްރޮގްރާމްގައި ބޮޑު ތިލަދުންމަތިން ހއ، ހދ އަދި ށ އަތޮޅަށް ނިސްބަތްވާ 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އު...

'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްފި
Raajje

'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްފި

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ‘ޤަޟާއީ އަހަރު 2022’ އިފްތިތާޙުކޮށްފިއެވެ. ‘ޤަޟާއީ އަހަރު 2022’ އިފްތިތާޙުކޮށްވީ، މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ...

ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން އަންނަ މަހު އެއްވަނަ ދުވަހުގެ ރޭ
Raajje

ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން އަންނަ މަހު އެއްވަނަ ދުވަހުގެ ރޭ

ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން 29 ޝަޢުބާން 1443 ( 01 އެޕްރީލް 2022 ) ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ. މާލޭގައި ރަމަޟާންމަހުގެމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގަ އެވެ. ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ […]