Skip to main content
Topic Archive

#ސުޕްރީމް ކޯޓް

120 Stories filed
ޝިފާންގެ ގާތިލް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
Raajje

ޝިފާންގެ ގާތިލް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވި މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ވެސްޓްޕާކް ކައިރީގައި އޭޕްރީލް، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ޝައިފަން މަރަން ހައި ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. […]

ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް
Raajje

ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ […]

މަޖިލީހުގެ ނައިބު ރައީސް ނެތަސް, ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި
Raajje

މަޖިލީހުގެ ނައިބު ރައީސް ނެތަސް, ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި

މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، މި މައްސަލަ އެމްޑީޕީން ސުޕ...

ނަޝީދުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު
Parliament

ނަޝީދުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަން މިއަދު ތާވަލް ކޮށްފިއެވެ. މި މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ވެއްދީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޖެހިގެން އޮކްޓޯބަރު 30 ވަނަ ދުވަހު ކޯޓުން ވަނީ މި މައްސަލަ […]

ނަޝީދު ވަކިކުރުމުގެ މައްސަލަ މުއިއްޒު ހުވާކުރާ ޖަލްސާއަށް އެޖެންޑާ ކުރަން ޖެހޭނެ: އެމްޑީޕީ
Parliament

ނަޝީދު ވަކިކުރުމުގެ މައްސަލަ މުއިއްޒު ހުވާކުރާ ޖަލްސާއަށް އެޖެންޑާ ކުރަން ޖެހޭނެ: އެމްޑީޕީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރަން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރ...

ނައިބު ރައީސް ނެތަސް, ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭނެ: ދައުލަތް
Raajje

ނައިބު ރައީސް ނެތަސް, ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭނެ: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް...

އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
Raajje

އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިއަދު ބަލައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދ...

ނަޝީދުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި
Parliament

ނަޝީދުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރަކު އެކަން ”ތިލަދުން” އަށް ކަށަވަރުކޮށްދީފައިވާއިރު، ސްޕްރީމު ކޯޓުން އަދި އެ މައްސަލަ ބަލައިގަތްކަން އިނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެމްޑީ...

ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
Raajje

ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން އީސީން […]

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ
Raajje

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލްކޮށްފި އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުން މާދަމާ […]

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
Raajje

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިކަން ޔާމީންގެ ޤާނޫނީ...

އަފްރާޝީމްގެ ގާތިލް ހުމާމް މަރަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް
Raajje

އަފްރާޝީމްގެ ގާތިލް ހުމާމް މަރަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހުސައިން ހުމާމް އަހުމަދު މަރަން ކުރި ހުކުމުގެ މައްސަލަ ރިވިއުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އޮކްޓޫބަރު، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އަފްރާޝީމް މަރާލި ކަމަށް ހުމާމް ކުރިން އެއްބަސްވިޔަސް ފަހުން އޭނާ ގެންދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. މަރުގެ ހުކުމް […]

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު
Raajje

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލާގައި އަލުން ދައުވާ ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑަމްޕް ޓްރަކްތަކެއް ވެމްކޯއަށް ގަތުމުގެ މައްސަލާގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާއެއް ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ ދައުވާ ކުރަން ޖެހޭނ...

ރާއްޖޭގައި ދެ "ރައީސުން" ތިބޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް
Raajje

ރާއްޖޭގައި ދެ "ރައީސުން" ތިބޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ. އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް […]

10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި
Raajje

10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށްގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ. ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައިއިރު، 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މާއްދާއެއް އޮތެވެ. މިހާރުގެ ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސޯލިހްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ […]