މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ސަލާގެ ކޮލަމް

238 Stories filed
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (40)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (40)

ކުރީގެ އަދަދާއި ގުޅޭ: “ދާންވީތަ ދުރަށް؟ ބުނެބަލަ!” އަރޫޝާގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން ދާއިން ސުވާލު ކުރިއެވެ. އަރޫޝާގެ ނޭވާގެ ހިނގުން އޭރު ވަނީ ނުހަނު އަވަސް ވެފައެވެ. ހިތް އެދެނީ ދާއިންގެ މޭމަތީ ބޯ އަޅާލުމަށެވެ. ނަމަވެސް އޭނާގެ ޟަމީރު ހަމަ ހިލާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ސިކުނޑި އިންޒާރު ދެމުން ދަނީ ދާއިންއާ ދުރަށް ދިޔުމަށެވެ. ނަމަވެސް ދާއިންގެ ލޮލުގެ ތެރެއިން ފެންނަ ވިދުވަރުން، އަރޫޝާގެ ކިލަނބު ވެފައިވާ ހިތަށް އަލިކަން ވެރިވެއްޖެއެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (39)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (39)

ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ދާއިން ފެނުމާއެކު އަރުޝާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ގެއަށް ވަންނަން ދުއްވައިގަންނާނީތޯ ނުވަތަަ ހުރިތާ ހުންނަންވީތޯ އަމިއްލަ ހިތާ އޭނާއަށް ސުވާލު ކުރެވުނެވެ. މާ ލަސްތަކެއް ނުވެ ދާއިން އޭނާއާ ދިމާލަށް އަންނަން ފެށިތަން ފެނި، ނޭވާ ހިފަހައްޓާލެވުނެވެ. ދާއިން އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު އަރޫޝާ މަޑުމަޑުން އަނެއްކާ ވެސް ޖޯލިފަތީގައި އިށީނެވެ. އަރޫޝާ އިން ގޮތުން ހީވަނީ އޭނާ އެ އިނީ ދާއިންއާ ހަތަރުކަޅި ހަމަ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް(38)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް(38)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން މިހާ ދުވަހު ކެތްކޮށްފިން. އަރޫ ބުނިހާ ގޮތަކަށް ހެދިގެން އަހަރެން މި އުޅެނީ އަހަރެން ލޯބިވާތީ. އަރޫއަށް ވެސް ދެން އަހަރެންދެކެ ލޯބި ވެވިދާނެ.” ނަދީމް ތެދުވަމުން ބުންޏެވެ. ގައިމަތީ ބެޑްޝީޓް އަޅައިގެން އޭރު ވެސް އަރޫޝާ އޮތީ ރޮއިލަރޮއިލައެވެ. ” ދެން ކީއްވެތަ ތި ރޮވެނީ؟ އަހަންނަށް މި ކުރެވުނީ ކުށެއްތަ؟ މިއީ ކުށެއް ނޫނެއްނު. އަހަރެމެން ދެ މީހުންނަކީ ދެމަފިރިންނޭ. އަރޫ އަހަރެންދެކެ ލޯބި ނުވެޔޭ ބުންޏަސް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (37)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (37)

” ދަރިފުޅު މާ އަވަހަށް އުއްމީދު ކަނޑާލަނީ. ބައްޕަ ބުނާ ގޮތެއް ހަދާ. ތި ރުޅިގަނޑު މައިތިރިކޮށްފައި ނަދީމްއާ ވާހަކަ ދައްކަބަލަ. ދެ އަނތްބަށް އިނދެގެން ވެސް އެކުގައި އުޅެން ބޭނުމޭ ބުނޭ. ނަދީމްގެ ބޮލަށް އެރިގެން މިކޮޅަށް އޭނަ ގެނެވޭތޯ ބަލާ! އޭރުން އޭނަ އަނބުރާ ރާއްޖެއެއް ނުފޮނުވާނަން.! އަވަހަށް  މި ބުނި ގޮތަށް ކަންތައް ކުރޭ.” މަހުދީ ހިޔާލު ދިނެވެ. ލޮލުން ކަރުނަ ފުހެލަމުން ޒައިނާ ފޯނު ބޭއްވީ ބައްޕަ ދިން ހިޔާލަށް ރުހިގެންނެވެ. […]

ކުރުވާހަކަ: ހަމަ އެންމެ ކުށަކުން
Story

ކުރުވާހަކަ: ހަމަ އެންމެ ކުށަކުން

އޮފީސް ކެންޓީނުން ކައިބޮއި ހެދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އޮފީހުގައި އުޅޭތާ  އެއް އަހަރު ހޭދަ ކުރެވުނު އިރު އެއް ފަހަރު ވެސް އެ ތަނަކަށް ނުވަންނަމެވެ. ބައެއް މީހުން އެކަމާ އަހަންނާ މަލާމާތްކުރެއެވެ. އަހަންނަކީ “ދަހި” މީހެއްކަމުގައި ބުނެ އަހަންނަށް މަލާމާތްކޮށް ހަދައެވެ. އެހެނަސް، މުސާރައިގެ ތިންބައިކުޅަ އެއްބައި ކެންޓީނަށް ހޭދަ ކުރުމަކީ އަހަންނަށް ވާނެ ކަމެއް ނޫނެވެ. އާދައިގެ މަތިން މިއަދު ވެސް އަހަރެންގެ މުރާލި އަނބިމީހާ ހުރީ އަހަރެންގެ ދަބަހަށް ތަށިބަރި ލައިފައެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (36)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (36)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން… އަހަރެން… އަދި އެހާ އޯކޭއެއް ނޫނޭ. މަންމަ ނިޔާވީމަ އަހަންނަށް އަބަދު އެކަމާ ވިސްނެނީ. ހަނދާންވަނީ. މާ ގިނައިން ރޮވުނީމަ ވަރަށް ބޮލުގައިވެސް ރިއްސާ! ފާޑާކަށް ހުން އައިސް ހުންނަހެން ހީވަނީ.” އާގަންނަމުން ކަހަލަ ގޮތަކަށް އަރޫޝާ ވާހަކަ ދެއްކިއެވެ. އޭރު ނަދީމް ހުރީ ފަރުވާތެރިކަމާއެކު އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަރޫޝާ އިސްޖަހާލުމާއެކު ނަދީމް މަޑުމަޑުން އަރޫޝާގެ ދަތްދޮޅިކޮޅުގައި އަތްޖައްސާލިއެވެ. އެއާއެކު އަރޫޝާއަށް މޫނު އަނބުރާލެވުނީ ހިތްހަމަ ނުޖެހުނުވަރުން...

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (35)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (35)

ކުރީގެ އަދަދާއި ގުޅޭ: “މަންމަ ގާތު އަހަރެމެންގެ ވާހަކަ ދެއްކިންތަ؟ އޭރު ފޯނު ބޭއްވީ، އެ ވާހަތައް ދައްކާށޭ ކިޔާފައެއްނު. ފަހުން އަހަންނަކަށް ހަބަރެއް ނުވޭ.” ދާއިންގެ ސުވާލުން އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. ހިތަށް ބިރުވެރިކަން ވެރިވެ، މީހާ އުދާސްވެއްޖެއެވެ. ” ކުއްލިއަކަށް ކީއްވެ ތި ވާހަކަ ތި އެހީ؟” ޖެހިލުންވެ ހުރެ އަރޫޝާ ސުވާލު ކުރިއެވެ. ” އަހަރެން މި ބުނާ ވާހަކައިން އެއްޗެކޭ ހީ ނުކުރައްޗޭ! ” ދާއިން ބުނެލިއެވެ. ދާއިން އެހެން ބުނިކަމުގައި […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (34)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (34)

ކުރީގެ އަދަދާއި ގުޅޭ: ދާއިން ދިން ހިތްވަރުން އަރޫޝާ ތެދުވީ، މަދީހާއާއި ރިޒާއަށް ހަގީގަތް ހާމަކޮށްދޭން ދާށެވެ. މަދީހާގެ ކޮޓަރި ބޭރުގައި ހުރި ރިޒާއާއި މަދީހާގެ ފައިވާން ފެނި، އަރޫޝާގެ ހިތް ބާރަށް ތެޅިގަނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ދޮރު ކައިރީ ހުއްޓުމާއެކު ފުރަތަމަ ވެސް އިވުނީ ރިޒާގެ އަޑެވެ. ” އަހަރެން މިހާރު ހިތަށް އަރާ އެކަން އެގޮތަށް ނުކުރެވުނު ނަމައޭ!” ރިޒާގެ އަޑަށް އަރޫޝާއަށް މަޑުކޮށްލެވުނެވެ. ” އަރޫޝާ މިހާރު މާ ހިތާމަ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (33)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (33)

ކުރީގެ އަދަދާއިގުޅޭ: ” އަރޫ! ” ނަދީމްގެ ޖުމްލައިން އަރޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާއަށް ހީވީ ދާއިންގެ އަޑުން އަރޫ އޭ ކިޔާ ގޮވާލި އަޑު އިވުނު ހެންނެވެ. ” ޕްލީޒް… ވީ ކަމެއް ވީ! ދެން އެ ދުވަސް ހަނދާން ނުކުރޭ! ޕްލީޒް.. ” ނަދީމް ބުންޏެވެ. ” އަރޫ އޭ؟” އަރޫޝާއަށް ސުވާލު ކުރެވުނީ ދާދި ދެންމެއަކު ނަދީމް އޭނާއަށް މުހާތަބް ކުރި ނަމާ ބެހޭ ގޮތުންނެވެ. ” ކުރިއަށް ވުރެ އަރޫ […]

ސިލްސިލާ ވާހަކަ: ލޯބިވިއަސް (32)
Story

ސިލްސިލާ ވާހަކަ: ލޯބިވިއަސް (32)

ކުރީގެ އަދަދާއިގުޅޭ، (އާދީއްތަ ދުވަހުގެ ބައި) “މި ފަހަރު މިސްކޯލެއް ނޫނޭ. އެ ގުޅަނީއެއްނު. ދޭބަލަ ނަގަން.” ނަދީމް ބުންޏެވެ. ޒައިނާއަށް ހިންދިރުވާލެވުނެވެ. ޖެހިލުންވެ ހުރެ އޭނާ ފޯނާ ދިމާލަށް ދިޔައެވެ. އޭރު ވެސް ނަދީމް އިނީ ޒައިނާއަށް ބަލާށެވެ. ޒައިނާއަށް ފޯނު ނުނެގި އުޅެނިކޮށް، ފޯނު ކެނޑިއްޖެއެވެ. އެއާއެކު އޭނާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ” ކުރީ ރެޔަކު ވެސް އޮތް ނުދަންނަ ނަންބަރަކުން ގުޅާފައި. އޮޅިގެން ކަމަށް ވާނީ. އަހަރެން ނުވެސް ގުޅަން.” […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (31)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (31)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން ދެން ދިޔަޔަސް އެންމެ ރަނގަޅުތަ؟” އަރޫޝާ ބުނެލިއެވެ. ދާއިން ބޯ ޖަހާލުމާއެކު އަރޫޝާ ހިނގައިގަތެވެ. ދާއިންގެ ހުއްދަ ނުލިބިގެން އޭނާއަށް ނުދެވިފައި ހުރި ކަހަލައެވެ. އަރޫޝާ މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލި ވަގުތަކީ ނަދީމް އެ ހިސާބަށް އަރާ ހަމަވި ވަގުތެވެ. ކުރިއަށް އެޅި ފިޔަވަޅު ވެސް ނަދީމްއަށް އެޅުނީ ފަހަތަށެވެ. އަރޫޝާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭރު ނަދީމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ” ނަދީމް.” […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (30)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (30)

” ޕްލީޒް! ” ދާއިން ބުންޏެވެ. ” ނޫން. ނުވާނެ! ” އަރޫޝާ  ބުނެލިއެވެ. ” އަހަރެން އިންތިޒާރު ކުރާނަން. ” ދާއިން އެހެން ބުނި އަޑު އިވުނު ނަމަވެސް އަރޫޝާ ބެލީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ. ” މަޑުކޮށްބަލަ!” އަނެއްކާ ވެސް ދާއިން އެދުނެވެ. އެއާއެކު އަރޫޝާ ހުއްޓުނެވެ. އަދި އެނބުރި ބަލައިލުމަށްފަހު އައިސް ދާއިންގެ ކުރިމަތީގައި ހުއްޓި ހުރެ، މޭޒުގައި އަތް ވިއްދާލިއެވެ. ” އަހަރެން ބުނީމެއްނު އަހަންނާހެދި ނޫޅޭށޭ. އަހަރެން މަތިން ހަނދާން […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (29)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (29)

ކުރީގެ އަދަދާއިގުޅޭ، ” އަސްލު ލޯތްބަކީ އެއީއެއްނު. ލޯބީގައި ހިމެނޭ ހަގީގީ އަސާސްތަކަކީ އެއީ އެއްނު. ލޯތްބަކީ ހަމައެކަނި ބުނެލާ ބަހެއް ނޫންކަން އަހަންނަށް ކޮންމެވެސް މީހަކު ދަސްކޮށްދީފި! ” އަނެއްކާ ވެސް ނަދީމް ބުނެލިއެވެ. ހަމަ ރަނގަޅަށް ވެސް އަރޫޝާ ބިރުގަނެއްޖެއެވެ. ނަދީމްގެ ކޮންމެ ޖުމްލައަކުން އޭނާއަށް ލިބެނީ ހައިރާންކަމާއި ނުތަނަވަސް ކަމެވެ. ” އެއީ ކާކުތޯ ބަލާކަށް ވެސް ބޭނުމެއް ނުވޭތަ؟” ނަދީމް އެހިއެވެ. ” އުމް؟ އާނ! އެއީ ޒައިނާކަން އަހަންނަށް އޮޅިފައެއް ނެތޭ. […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (28)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (28)

ކުރީގެ އަދަދާއި ގުޅޭ: ” އަރޫ ލަސްވެގެން އިންތިޒާރު ކުރަންޖެހޭ މީހާ މިރޭ އޮތީ ޒައިނާގެ ކޮޓަރީގަ.” ޖެހިލުމެއް ނެތި ދާއިން ބުނެލިއެވެ. އެއާއެކު އަރޫޝާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ދާއިންގެ އަތް ފޮޅުވާލިއެވެ. ނަމަވެސް ދެ ވަނަ ފަހަރަަށް ވެސް ދާއިން އަރޫޝާގެ އަތުގައި ހިފައިފިއެވެ. ” ދާއިންއަށް ކިހިނެއް އެނގުނީ ؟” އަނެއްކާވެސް ދާއިންގެ އަތް ފޮޅުވާލަމުން އަރޫޝާ އެހިއެވެ. ގަބޫލުކުރަން އުނދަގޫ ވުމުން އަރޫޝާ ބޭނުންވީ އިތުރަށް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (27)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (27)

ކުރީގެ އަދަދާއިގުޅޭ: ” ހަމަޖެހިބަލަ! ނެތެއްނު ދެން ރަނގަޅު އެއް ގޮތް ވެސް. އެހާ ވަރުން ކައިވެންޏަށް އެއްބަސްވީ. ކޮންމެ ގޮތެއް ވިޔަސް އަރޫޝާގެ ސަބަބުން ދޯ މަންމަ އޯކޭ ވީ.” ނަދީމް ބުނެލިއެވެ. އެ ވަގުތު ޒައިނާ އިތުރަށް ރުޅި ގަދަވެ، ކަންފަތާ ފޯނު ދުރުކޮށްލީ، ނަދީމްގެ އަޑު އަހަން ފޫހިވެފައި ހުރެފައެވެ. ” އޭނަ އެ އުޅެނީ ހަމަ މަންމަގެ ލޯބި ހޯދަން ވެގެން. އަހަރެން މި ކައިވެނި ކުރަން ބޭނުންވަނީ ނަދީމް މަންމަ، […]