މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ސާފް ޗެމްޕިއަންޝިޕް

9 Stories filed
އިންޑިއާ ސާފް ޗެމްޕިއަންޝިޕުން ވަކިވި ކަމަށް ބުނާ ވާހަކަ ސާފުން ދޮގުކޮށްފި
Sports

އިންޑިއާ ސާފް ޗެމްޕިއަންޝިޕުން ވަކިވި ކަމަށް ބުނާ ވާހަކަ ސާފުން ދޮގުކޮށްފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވެފައިވާ ކަމަށް ބުނެ އޮންލައިން މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން ބުނެފިއެވެ. މި މުބާރާތުގައި އިންޑިއާއިން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސާފުން ވަނީ ދީފައެވެ. ސާފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި […]

ނިއުޒީލެންޑް ދަތުރާ ހެދި ރާއްޖެއާއި އެއް ގްރޫޕެއްގައި އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕް ދޫކޮށްލަނީ؟
Sports

ނިއުޒީލެންޑް ދަތުރާ ހެދި ރާއްޖެއާއި އެއް ގްރޫޕެއްގައި އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕް ދޫކޮށްލަނީ؟

އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ ބައިވެރިވުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. މި މައްސަލަ ކުރިމަތިވީ އެ މުބާރާތް އޮންނަ މުއްދަތުގެ ތެރޭގައި އިންޑިއާގެ ސީނިއާ ޤައުމީ ޓީމު ނިއުޒީލެންޑަށް ދަތުރުކުރުމަށް ރާވަމުންދާތީ، މެޗުތަކުގެ ތާވަލު ފުށުއަރައި ކުޅުންތެރިން ހޯދުމުގައި އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ ޑާކާގައި ނޮވެމ...

ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި
Sports

ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ސްރީލަންކާއާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ރާއްޖެ ޓީމުން ބޮޑު ކޮށްފިއެބެ. މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުވެސް ރާއްޖެ ޓީމުން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. މިގޮތިން މެޗުފަށައިގެން ލަންކާ ޓީމަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވެނީސް ދިވެހި ޓީމުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. […]

ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި
Raajje

ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ. ނަމާލްއަކީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ. ނަމާލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މިއަދު ލަންކާ ކުޅޭ މެޗް ބެއްލެވުމަށްފަހު ނަމާލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ. ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ...

ސަޕޯޓަރުންގެ އެދުމަށް، ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަނީ
Raajje

ސަޕޯޓަރުންގެ އެދުމަށް، ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަނީ

ދިވެހި ޤައުމީ ފުޓު ބޯޅަ ޓީމުގެ ސަޕޯޓަރުންގެ އެދުމަށް، މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެފްއޭއެމް އިން ވިދާޅުވީ ދިވެހިރާއްޖޭގައި މި މަހުގެ 1-އިން 16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ އަދި ރާއްޖެ ވާދަކުރާ މެޗް ބެލުމަށް ކުޅުންތެރިންގެ […]

އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް
Sports

އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލް އަޤުވާމީ މުބާރާތެއްގައި ނޭޕާލަށް ރާއްޖެއަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 37 އަހަރުގެ ތެރޭގައި ނޭޕާލާއި ރާއްޖެ ޖުމަލް 16 ފަހަރު ބައްދަލު ކޮށްފައިވާއިރު އެ މެޗުތަކުން ނޭޕާލަށް މޮޅެއް ހޯދިފައި ނުވެއެވެ. […]

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަންގްލްދޭޝް ކާމިޔާބުކޮށްފި
Sports

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަންގްލްދޭޝް ކާމިޔާބުކޮށްފި

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ގެ ފުރަތަމަ މެޗު ބަންގްލަދޭޝް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ލަންކާއާއި ވާދަކޮށް ބަންގްލަދޭޝް މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ބަންގްލަދޭޝްގެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ހަމަލާއަކީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު […]

ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ބޭނުންވާ ސަލާމަތީ ކަންކަމަށް ކޮމާންޑަރުން ކަނޑައަޅައިފި
Raajje

ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ބޭނުންވާ ސަލާމަތީ ކަންކަމަށް ކޮމާންޑަރުން ކަނޑައަޅައިފި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާންއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމްއެވެ. އޭގެ އިތުރުން ފީލްޑް ކޮމާންޑަރުންގެ ގޮތުގައި ޗީފް އިންސް...

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
Business

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހިސެއިން ނިޔާޒެވެ. މި އެއްބަސްވުމާއެކު ސާފް ޗެމްޕިއަން ޝިޕްގެ ނަން “އުރީދޫ ސާފް ޗެމްޕިއަންޝިޕް”އަށް ބަދަލުވާނެއެވެ. މީގެ ކުރިން ޓައިޓަލް ސްޕޮންސާގެ ނަން ލައިގެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ތިން ފަހަރުއެވެ. އެގޮތުން...