Skip to main content
Topic Archive

#ތިލަމާލެ ބްރިޖު

9 Stories filed
ތިލަމާލެ ބްރިޖުން ވިލިމާލެއާއި ގުޅީފަޅު ގުޅާލައިފި
Raajje

ތިލަމާލެ ބްރިޖުން ވިލިމާލެއާއި ގުޅީފަޅު ގުޅާލައިފި

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅީފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް މިއަދު އަޅައި، އެ ދެ ރަށް އެއްކޮށް ގުޅާލައިފިއެވެ. މިކަން ހާމަކުރެއްވީ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެ އަދި ގުޅީފަޅާ ދެމެދު އެޅޭ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް މިއަދު އެޅިގެން ދިޔުމަކީ މި މަޝްރޫޢުގައި ހާސިލުކުރެވުނު މުހިންމު އަދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. […

ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި
Raajje

ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ....

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ވަނީ ނިމިފައި، އަމާޒަކީ 2027 ގައި ހުޅުވުން: މުއްތަލިބު
Raajje

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ވަނީ ނިމިފައި، އަމާޒަކީ 2027 ގައި ހުޅުވުން: މުއްތަލިބު

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، އެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަަމަށެވެ. މިވަގުތު ކުރިއަށް ދަނީ ސެގްމެންޓް ކާސްޓްކުރުމާއި، ތަނބުތައް ގުޅުވާލުމުގެ މަސައްކަތް ކަމަށ...

ތިލަމާލޭ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑުވި ޕައިލިންގެ މަސައްކަތް ނިމިއްޖެ
Raajje

ތިލަމާލޭ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑުވި ޕައިލިންގެ މަސައްކަތް ނިމިއްޖެ

ތިލަމާލޭ ބްރިޖުގެ ޕައިލިންގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ޕައިލް ވަނީ ޖަހާފައެވެ. މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި ޕައިލިންގެ މަސައްކަތަކީ މި މަޝްރޫޢުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތެވެ. އަދި މިހާތަނަށް ބްރިޖު މަޝްރޫޢުގެ 60.84 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. ތިލަމާލެ ބްރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ރައީސް އިބްރާ...

ރައީސް މުޢިއްޒު، ތިލަމާލެ ބްރިޖުގެ ސައިޓްތަކަށް
Raajje

ރައީސް މުޢިއްޒު، ތިލަމާލެ ބްރިޖުގެ ސައިޓްތަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް މިއަދު އޮޅުންފިލުއްވައިފިއެވެ. “ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސް ޒިޔާރަތް ކުރެއްވީ މިއަދު ހަވީރު އެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދު ހަވީރު ރައީސް ފުރަތަމަ...

އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން: އިންތިހާބީ ރައީސް
Raajje

އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން: އިންތިހާބީ ރައީސް

އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއާއި ގުޅޭގޮތުން އިންތިގާލީ މަރުޙަލާގައި މައުލޫމާތު އެއްކުރައްވަމުންދާ ކަމަށާއި ބްރިޖް މަޝްރޫއު ނުނިމި ލަސްވަމުންދާ ސަބަބު ބައްލަވައި އެމަޝްރޫއުގެ މަސައްކަތް އަވަސްކުރެއްވުމަކީ އަމާޒެއް ކަމަށެވެ. އަދި އެންމެ އެދެވޭ ސްޕީޑުގައި އެ މަޝްރޫއު ނުހިނގާ ސަބަބު ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެ މ...

"ރުމެއިލާ" ފޮނުވާލިޔަސް ބުރިޖުގެ މަސައްކަތަށް ބުރުލެއް ނާރާނެ: މިއުވާން
Raajje

"ރުމެއިލާ" ފޮނުވާލިޔަސް ބުރިޖުގެ މަސައްކަތަށް ބުރުލެއް ނާރާނެ: މިއުވާން

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތަށް ގެނައި “ރުމެއިލާ” ފޮނުވާލިޔަސް، ބުރިޖުގެ މަސައްކަތް ނުހުއްޓޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ “ރުމެއިލާ” ފޮނުވާލީ މިވަގުތު އޭގެ އެހީގައި ކުރަން ހުރި ބްރިޖު މަސައްކަތްތައް ނިމުމުން ކަމަށެވެ. ބްރިޖް މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި ބްރިޖުގެ އެކި ހިސާބުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ތަނބުތ...

ބްރިޖު ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ތިން މީހަކަށް އަނިޔާވެއްޖެ
Raajje

ބްރިޖު ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ތިން މީހަކަށް އަނިޔާވެއްޖެ

މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިއަދު އަރައިފި އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާ ކަމަށް ވިލިމާލޭގައި ތިއްބަވާ ފުލުހުންނަށް ފާހަގަ ކުރެވިގެން އެތަނަށް ގޮސް އެކަން ބައްލަވާފައިވާ ކަމަށެވެ. މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާއަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެއިން އެއްވެސް މީހަ...

ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި
Raajje

ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިގޮތުން މި މަޝްރޫޢުގެ ރަސްމީކޮށް ފެށުމަށް އެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއިރ...