މޮޅު ކުޅުމެއްދެއްކި ދިއްދޫގެ މައްޗަށް ޓީސީން ކުރި ހޯދައިފި
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބުން ކުރި ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ދިއްދޫގެ 3-0 އިން ބަލިވިނަމަވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެޓީމު އަތުގައި ނަސީބު ނުހިފުމުގެ ސަބަބުން ގޯލެއް އެތެރެވާގޮތަށް ނުވިއެވެ. މި މެޗުގައި ޓީސީގެ އިބްރާހިމް އޮލަޑިމޭޖީ ޖިމޯ […]