ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ ކުޅޭ ދެވަނަ މެޗު މިރޭ އޮންނާނެއެވެ.
މިރޭގެ މެޗުގައި ދިއްދޫ ނުކުންނާނީ ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.
މިރޭ 21:00 ގައި ގަލޮޅު ދަނޑުގައި ފަށާ މި މެޗުގައި ޓީމަށް ސަޕޯޓްކޮށް ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން މިރޭ ގަލޮޅު ދަނޑަށް އައިސް ދިނުމަށް ދިއްދޫ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިސަލުން ވަނީ އެދިފައެވެ.
ދިއްދޫ ޓީމު މިރޭ ކުޅޭނީ ރަސްމީ ދަނބު ކުލައިގެ ޖާޒީގައެވެ.
ދިއްދޫ ވަނީ ޖޫން 8 ގައި ކުޅުނު އެ ޓީމުގެ ފުރަތަމަ މެޗު ސައުތު ޗެމްޕިއަން ގދ. ގައްދޫ 1-0 އިން ބަލިކޮށް، ކާމިޔާބުކޮށްފައެވެ.
ދިއްދޫގެ ތިން ވަނަ މެޗު އޮންނާނީ ޖޫން 16 ގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައާއި ދެކޮޅަށެވެ.
20 ޖޫންގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!