ފަތްކެޔޮގަހުގެ ފަތްތަކަށް ދިމާވާ މައްސަލައެއް - ސިގަޓޯކާ ފަންގަސް
މިއީ ރާއްޖޭގައި އާއްމުކޮށް ފަތްކެޔޮގަހުގެ ފަތްތަކަށް ދިމާވާ މައްސަލައެކެވެ. ބައެއްފަހަރު މިހެން ދިމާވާން ފެށުމުން ގަހަށް ކޮންމެވެސް ކާނާއެއް މަދުވީކަމަށް ނުވަތަ މާ ހޫނުގަދަވެގެން ގަހުގެ ފަތްތައް އަނދަން ފެށީކަމަށް އަހަރެމެންނަށް ހީކުރެވެއެވެ. ނަމަވެސް މިބަލި ފެށިގެން އަންނަގޮތާއި ޙާލަތުތައް ދެނެގަތުމުން ހުބާ ޕްލާންޓްސް ޓީމަށް ފާހަގަކުރެވިފައި ވަނީ މިއީ ފަންގަސް ބައްޔެއްކަމެވެ. ސިގަޓޯކާ ފަންގައި ކަމަށެވެ. މި ފަންގަސްގެ 2 ވައްތަރެެއް ހުރެއެވެ. އެއީ ޔެލޯ ސިގަޓޯކާ އަދި ބުލެކް ސިގަޓޯކާ އެވެ. ދެވައްތަ...