ކުމުންދޫގެ ފުރަތަމަ މެޗުގައި ނޮޅިވަރަންފަރު އަތުން މުހިންމު މޮޅެއް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫގެ ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ކުމުންދޫ މޮޅުވީ ފުރަތަމަ މެޗުން ހަނިމާދޫ ބަލިކޮށް ތިން ޕޮއިންޓާއެކު ކުޅެން ނުކުތް ނޮޅިވަރަންފަރުގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކުމުންދ...