މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ފޭރުމުގެ މައްސަލަތައް

25 Stories filed
ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، 14 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މާލޭގެ ގުލާބީ މަގުން ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ އަހްމަދު ޝާރިފް އަބުދުލް ރަހީމް. މ.މާކަނާ/މާލެ އެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާކ...

ވަޅިން ބިރުދައްކައި އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި
Raajje

ވަޅިން ބިރުދައްކައި އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި

މާލޭގެ ގެސްޓްހައުސް އަކަށް ދިވެހި ފިރިހެނަކު ވައްދައި އޮރިޔާންކޮށް، ބިރުދައްކައިގެން ފޭރުނު މައްސަލާގައި ތުހުމަތުވާ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ. މި ހާދިސާ އަކީ 19 ޖުލައި 2024 ދުވަހު ހިނގާފައިވާ ހާދިސާއެކެވެ. ފުލުހުން ބުނީ، އެ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި […]

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
Raajje

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސ...

އިލެކްޓްރޯނިކް ސާމާނުތައް ފޭރިގެންފައި ވަނީ ވަޅިން ބިރުދައްކައިގެން
Raajje

އިލެކްޓްރޯނިކް ސާމާނުތައް ފޭރިގެންފައި ވަނީ ވަޅިން ބިރުދައްކައިގެން

ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ހައްޔަރުކުރި ދެމީހުން، އެ ތަކެތި ފޭރިގެންފައި ވަނީ ގެއަކަށް ވަދެ ވަޅިން ބިރުދައްކައިގެން ކަމުގައި ފުލުހުން ބުނެފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ފުރަތަމަ މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. ފުލ...

ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފި
Raajje

ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު ވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ، ޝާނާ މުހައްމަދު ޖުނައިދު، ބުރުނީގެ/ގދ.ވާދޫ އެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީއެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Raajje

ބިދޭސީއެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. އެ އަންހެން މީހާ އަކީ ހުޅުމާލޭގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ މީހެކެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޢަލީ ޝައްމާހު ވަހީދު، ސްކޫނަރ/ގދ. ތިނަދޫ އެވެ. ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރިގެންފި އޭނާގައިގާ ކަޓަރު އަޅައި، ބިރުދައްކާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނީ މިއަދުއެވެ. ރާއްޖޭގައ...

ބިދޭސީއަކު އަތުން ފޯނެއް ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި
Raajje

ބިދޭސީއަކު އަތުން ފޯނެއް ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކު އަތުން ފޯނެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށެވެ. ބިދޭސީ މީހާއަތުން ފޯނު ފޭރި ގަތީ އޭނާ ހ. އެއްގަމުގޭ ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ ދިވެހި ފިރިހެނުންނެވެ. ‘’މި މައްސަލާގައި ފޭރު ފޯނު ވަނީ ރިކަވާ ކުރެވިފައި’’ ފުލުހުން ބުނެފަވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ. […]

މީހުން އަތުން ފޭރެމުން ދިޔަ ބަޔަކު ހިޔާ ސަރަހައްދުން ހައްޔަރުކޮށްފި
Raajje

މީހުން އަތުން ފޭރެމުން ދިޔަ ބަޔަކު ހިޔާ ސަރަހައްދުން ހައްޔަރުކޮށްފި

އެކި މީހުން އަތުން ފައިސާ ފޭރެމުން ދިޔަ ހަތަރު މީހަކު ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ބުނެއެވެ. މި މައްސަލައ...

އެކި ވާހަކަ ދައްކައިގެން ހިޔާ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް
Raajje

އެކި ވާހަކަ ދައްކައިގެން ހިޔާ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް

އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދިޔުމަށް އެދުނު ނަމަވެސް ނުދިޔުމަށް އިލްތިމާސް […]

މާޔަންގެ ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާޔަންގެ ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މާޔަންގެ ރަން ފަށް ދެ މީހަކުވެގެން ފޭރިގަތީ އިއްޔެ ފަތިހު އޭނާ ދުވަން ނުކުމެ އުޅެނިކޮށް، ބިންމައްޗަށް ވައްޓާލުމަށްފަހުއެވެ. ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ”އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް” ފުލުހުން ބުނެފަވެއެވެ. މި މައްސަލައާއި ގުޅިގެން މާޔަން […]