އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދިޔުމަށް އެދުނު ނަމަވެސް ނުދިޔުމަށް އިލްތިމާސް ކުރާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ކަމެއް ހިނގާތީ ހިޔާ ކޮމިއުނިޓީގެ ވައިބާ ގްރޫޕެއްގައި ވެސް ސަމާލުވުމުގެ މެސެޖެއް ވަނީ ލިޔެފައެވެ. މިގޮތުން ‘’އެޗް.ސީ.އޭ/ އެޗް 14 ކޮމިއުނިޓީ’’ ވައިބާ ގްރޫޕްގައި، ފޭސް2 ގެ ބައެއް ޓަވަރު ތަކުގައި ދިރިއުޅެމުންދާ (ބައެއް) އަންހެނުން، ފިރިހެނުން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ލިޔެފަވެއެވެ.
އެހެންކަމުން އެއްވެސް އަންހެނަކު ބުނެގެން އެ ގޮތަށް އެދޭ އަންހެނުންގެ އެޕާޓުމަންޓައް ނުދިއުމަށް ހަދާންކޮއްދޭ ކަމަށް ހުރިހާ އެންމެން ސަމާލުވުމަށް އެދި ލިޔެފައިވާ އެ މެސެޖުގައި ބުނެފަވެއެވެ.
މީގެ އިތުރުން ކުޑަކުދިން އިތުރަށް ސަމާލުވުމަށް ނަސޭހަތްތެރިވާ ކަމަށް އެ ގްރޫޕްގައި ލިޔެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!