މާލެ އާއި ރަސްމާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން: ރައީސް
ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ޒަމާނީ ރަށް، ރަސްމާލެއާއި ވެރިރަށް މާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލ...