ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރަން ނިންމައި، ފުޓްބޯޅަ ކުލަބްތަކުގެ އެހީތެރިކަމަށް އެދެފި
އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާންކޮށް ފުޓްބޯޅަ ކުލަބްތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށް އެދެފިއެވެ. މިއަދު ތޯރިގް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެފްއޭއެމްގެ ރައ...