ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ގައުމީ ފުޓްބޯޅަ އެކެޑަމީ ޕްރޮގުރާމް ހދ.ކުޅުދުއްފުށީގައި ފަށައިފި އެވެ.
ކުޅުދުއްފުށީގައި ހިންގަމުން އަންނަ ބަސީރު އެކަޑަމީ އާއި ހަވާލުކޮށް ހދ.ކުޅުދުއްފުށީގެ އިތުރުން ހދ.އަތޮޅުގައި މި ޕްރޮގުރާމް ހިންގަން ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމް އެކެޑަމީ ކުޅުދުއްފުށީގައި ފަށާފައިވަނީ 90 ފިރިހެން ދަރިވަރުންނާއެކު އެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ފަށާފައިވާ މި ޕްރޮގުރާމް ފެށީ 13 އަހަރާއި 15 އަހަރާއި އަދި 18 އަހަރުންގެ ދަށުގެ އުމުރުފުރާތަކުންނެވެ.
ތިން ކޯޗުންނާއެކު ފެށި މި ޕްރޮގުރާމުގައި ބައިވެރިވުމަށް ވަރަށް އަވަހަށް އަންހެން ކުދިންނަށް ހުޅުވާލާނެ ކަމަށާ އަންހެން ކުދިންނަށް ބައިވެރިވެވޭނީވެސް 12 އާއި 18 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ މައުލޫމާތުދީފައެވެ.
އަދި ހަމަ އެހެންމެ އެފްއޭއެމްގެ އެކެޑަމީގެ ހަރަކާތްތައް ހދ އަތޮޅުގެ އެހެން ރަށްރަށުގައިވެސް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!