2020 ވަނަ އަހަރުގެ އަތޮޅު ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ތެރޭގައި މިވަގުތު ހަރަކާތްތެރިވާ ފުޓުބޯޅަ ރެފްރީން ހޯދުމުގެ މަސައްކަތް ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް އިން ފަށައިފިއެވެ.
އެގޮތުން އެފްއޭއެމް އިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެފްއޭއެމް އަތޮޅު މުބާރާތް 2020 އަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ތެރޭގައި ރެފްރީކަން ކުރަމުންގެންދާ ފަރާތްތަކުގެ ލިސްޓެއް ތައްޔާރުކުރުމުގެ މަސައްކަތް އެފްއޭއެމް އިން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މާލެއިން ބޭރުގައި ދިރިއުޅުއްވާ މިކަމަށް ޝަޢުގުވެރިވާ ފުޓުބޯޅަ ރެފްރީން އޮންލައިން ފޯމެއް ފުރުއްވުމަށް އެފްއޭއެމްއިން ވަނީ އެދިލައްވާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިލިންކުގައިވާ ފޯމު ފުރުއްވާ
In preparation for the FAM Atoll Tournament 2020, we are compiling a list of Active Football Referees who are living in the Atolls.
Please submit your details using the form below if you interested, and living outside Male'. https://t.co/hqQIkpwKYb
— Football Association of Maldives (@MaldivesFA) November 11, 2019
މި ފޯމުގައި އެފްއޭއެމް އިން ބޭނުންވާ މަޢުލޫމާތު ތަކަކީ ފުރިހަމަ ނަމާއި މިހާރު ދިރިއުޅޭ އެޑްރެހާއި ފޯނު ނަންބަރާއި އައިޑީކާޑު ނަންބަރާއި ކޮންމެ ލެވެލްއެއްގެ ރެފްރީއެއް ކަމާއި މަސައްކަތް ކުރަމުންދާނަމަ މަސައްކަތް ކުރާ އޮފީހުގެ ނަމާއި އީމެއިލް އެވެ.
ކުރިން މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތް ސަރުކާރުން ވަނީ ކެންސަލް ކޮށްފައެވެ. މީގެ ބަދަލުގައި މިއަންނަ އަހަރުން ފެށިގެން "ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި އާ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!