މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ.
ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ.
މިހާތަނަށް ނަތީޖާ ނުލިބި ވަނީ 1 ވޮޓް ފޮއްޓެވެ. ވަގުތީ ނަތީޖާ ލިބިފައިވާ ވޯޓް ފޮށި ތަކުގެ ޖުމްލަ ނަތީޖާ އަކީ ރާޝިދު އަށް 1116 ވޯޓެވެ. ފަތުހީ އަށް 923 ވޮޓެވެ. ހަންނާނުއަށް ލިބުނީ 235 ވޯޓެވެ. ރާޝިދު އާއި ފަތުހީގެ ފަރަގަކީ 193 ވޯޓެވެ.
މި އިންތިހާބުގައި ޖުމްލަ 7 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އެއީ ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި ދެފޮށި، މަރޮށީގަައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!