ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މަޖިލިސް ރައީސް ކަމުންނާއި އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ) ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ރާޑޯ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ފުންޑާލަން ފުރުސަތެއް ނުދެވޭނެކަމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ބޮލުގަ ނުބައި ހަޑި ހުތުރު އިލްޒާމުތަށް އަޅުވާނަމަ ސާބިތު ހެކި ދައްކަވަން ޖެހޭނެކަމަށް ރާޑޯ ވިދާޅުވި އެވެ.
"ހެކި ނެތި ތިފަދަ އިލްޒާމުތަށް އަޅުވާނަމަ ޕާޓީ ގެ ރައީސް ކަމުންނައި މަޖިލިސް ގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ޖެހޭނެ! ބަލަ އެއް ނުގަނެވޭ!"
ރާޑޯ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
MDP Fundaalan Furusatheh nudheveyne! RJ boluga nubai hadi huthuru Ilzaamuthah alhuvaanama saabithu heki dhakkaa! Heki nethi thifadha ilzaamuthah alhuvaanama party ge Raees kamunnai Majlis ge Raees kamun Isthiufaa dhevvan jeheyne! Bala eh nuganevey!
— Mohamed Rashid (@Rashid141221) July 29, 2022
ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށް އިއްޔެ ވަނީ އެމްޑީޕީގެ ގައުމީމަޖިލިސްގެ ވަޓްސްއެޕް ގްރޫޕް ވަރަށް ހޫނުވެފައެވެ.
އެ ގްރޫޕްގެ ޗެޓްލޮގްތަކެއް ރޭ ލީކުވެފައިވާއިރު އެ ގްރޫޕްގައި ރައީސް ނަޝީދުވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވެސް ބޮޑު ތުހުމަތެއް ކުރަށްވާފައެވެ. އެކަން ރައީސް އޮފީހުންވަނީ ރޭ ދޮގުކޮށްފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އާއިލީ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހް ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ހިމެނޭ ހަތަރު ފޮޓޯއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން ކިނބިދޫދާއިރާގެ މެންބަރު، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ފޭކު އައިޑީއަކުން ކޮށްފައިވާ ޓްވީޓެއް ރައީސް ނަޝީދު ވަނީ އެ ގްރޫޕަށް ލައްވާފައެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ އަރިހު އަަހަންބޭނުން ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރުކުރީ ކީއްވެތޯ؟ އަދި ރައީސުލްޖުމްހޫރިއްޔާ ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތައް ޕޮލިސްގައި ފޮރުވީތޯ؟" ނަޝީދު ލިޔުއްވާފައިވެއެވެ.
އެއާއެކު ލިޔުއްވި އިތުރު މެސެޖުތަކާއި ގުޅިގެން އެފަދަ ކަންތައް ނުކުރެއްވުމަށް ރައީސް ނަޝީދުގެ އަރިހު އެމްޑީޕީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ފަޔާ) ވަނީ އެދިވަޑައިގެން އެކަމާއިގުޅިގެން ވާހަކަ ދައްކަވާފައެވެ. އޭގެފަހުން ވަނީ ރައީސް ނަޝީދާއި، ފަޔާއާއި ދެމެދު ވެސް ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.
އެމްޑީޕީގެ ގައުމީމަޖިލިސް ވަޓްސްއަޕް ގްރޫޕް ހޫނުވެފައި ވަނިކޮށް އިވަންދޫ ދާއިރާގެ މެންބަރު ޝިފާޢުވަނީ އޭނާގެ ނަސޭހަތެއް ގްރޫޕްގައި ލިޔުއްވާފައެވެ. ޝިފާޢު ވިދާޅުވީ ﷲގެ ކޯފާޔަށްވުރެ ގަދަފަދަ އެއްވެސް އެއްޗެއްނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!