މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މަސްތުވާތަކެތީގެ މައްސަލަތައް

226 Stories filed
1.5 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެ، 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަނީ
Raajje

1.5 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެ، 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަނީ

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއިން 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މިރޭ ކުރިއަށް ދިޔަ “އަހާ” ފޯރަމުގައި މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު އިޙުސާން ވ...

ދެއްވަދޫއިން ޑްރަގާއެކު ހައްޔަރުކުރި ކޮލަމާފުށީ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
Raajje

ދެއްވަދޫއިން ޑްރަގާއެކު ހައްޔަރުކުރި ކޮލަމާފުށީ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ގއ. ދެއްވަދޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގއ. ކޮލަމާފުށީ ޒުވާން ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (26އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ސާއިފް ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަ...

ވައިގެމަގުން ޑްރަގް އެތެރެކުރަން އުޅުން ދިވެއްސަކާއި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި
Raajje

ވައިގެމަގުން ޑްރަގް އެތެރެކުރަން އުޅުން ދިވެއްސަކާއި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓް މަގުން ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކާއި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިރު، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި މީހާ ހައްޔަރުކ...

ނައިފަރާއި އޮޅުވެލިފުށިން ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށް ބަންދުޖަހައިފި
Raajje

ނައިފަރާއި އޮޅުވެލިފުށިން ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށް ބަންދުޖަހައިފި

ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ޅ. ނައިފަރާއި ޅ. އޮޅުވެލިފުށީގައެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ހިތްވަރު، އަނަސް އަބްދުﷲ (19އ) އާއި، ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، މުޙައްމަދު މިފްޒާލް (25އ) އަދި ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އަޙްމަދު އާދިލް (20އ) އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް […]

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި
Raajje

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި

ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބ...

މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް 30 ދުވަސް
Raajje

މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް 30 ދުވަސް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ވޭޕް ކާޓްރިޖުތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ހުރާ/ސާނީވިލާ، ހުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި/ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) އަދި ސ. ހުޅުދޫ/ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ. މި ތިން މީހުންނަކީވެސް މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކުރި މީހުންނެވެ. ކްރިމިނަލް ކޯޓުން މިއަދު […]

ތިން ބިޑި އާއި 140 ގުރާމުގެ މަސްތުވާތަކެއްޗާއި އެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި
Raajje

ތިން ބިޑި އާއި 140 ގުރާމުގެ މަސްތުވާތަކެއްޗާއި އެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ބިޑިއާއި 140.03 ގުރާމުގެ ތަކެއްޗާއެކު ދެ ޒުވާނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ބުރިޖު ކައިރިންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފަ...

މާމެންދޫން 17.7 ކިލޯގެ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާމެންދޫން 17.7 ކިލޯގެ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަ...

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގ...

1.7 ކިލޯގެ ޑްރަގާއި ޑްރަގް ވޭޕްތަކާއެކު ތިން މީހަކު ހައްޔަރުކޮށްފި
News

1.7 ކިލޯގެ ޑްރަގާއި ޑްރަގް ވޭޕްތަކާއެކު ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 1.7 ކިލޯގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ ވޭޕްތަކާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) ގެ އިތުރުން ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) […]

ލަންކާ ބަނދަރުން 463 ކިލޯގެ "އައިސް" މަސްތުވާތަކެތި އަތުލައިގަނެފި
International

ލަންކާ ބަނދަރުން 463 ކިލޯގެ "އައިސް" މަސްތުވާތަކެތި އަތުލައިގަނެފި

ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ހުރި ދެ ކޮންޓޭނަރަކުން 463 ކިލޯއާ ގާތްކުރާ އަދަދަކަށް “އައިސް” (ކްރިސްޓަލް މެތަމްފެޓަމިން) މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މިއީ އެ ޤައުމުގެ ކްރައިމްސް އެންޑް ޓްރެފިކްއާ ހަވާލުވެ ހުންނެވި ސީނިއާ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗިކަމަށް އެގައުމުގެ ނޫހެއް ކަމުގައިވާ ނިއުސްވައަރ އިން ރިޕޯޓުކޮށްފައިވެއެވެ. ސްރީލަންކާ ފުލުހުންނާ ހަވާލާދީ އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލަމްބޯ...

އިންޑިއާއިން އައި ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯ ކެނަބިސް އަތުލައިގަނެފި
Raajje

އިންޑިއާއިން އައި ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯ ކެނަބިސް އަތުލައިގަނެފި

އަވައްޓެރި އިންޑިއާއިން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ ކެނަބިސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 29 އޮގަސްޓް 2026 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހިމެނެނީ އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެކެވެ. އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖު ބަލައިފާސްކުރިއިރު، އޭގެ ތެރެއިން 2000 ގްރާމް (2 ކިލޯ) ގެ ކެނަބިސް ފެނިފައިވާ ކަމަށް ކަ...

17 ގެއެއް ބަލައިފާސްކޮށް، ޖުމުލަ 193 ގުރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
Raajje

17 ގެއެއް ބަލައިފާސްކޮށް، ޖުމުލަ 193 ގުރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީއާއި، ކ. ކާށިދޫގެ އިތުރުން ސ. ހުޅުދޫ އަދި ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 17 ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތަކަކީ އެ ރަށްރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަނ...

މަސްތުވާތަކެއްޗާއެކު ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޅ. ކުރެންދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 29 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިލާސާގެ / ޅ. ކުރެންދޫ، އިބްރާހީމް ޒާހީ ސުލައިމާން (29އ) އެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުރެންދޫ ފުލުހ...

ޝައްކުވެގެން ބެލި ޝިޕްމެންޓަކުން 3.8 ކިލޯގެ ކެނެބިސް ފެނިއްޖެ
Raajje

ޝައްކުވެގެން ބެލި ޝިޕްމެންޓަކުން 3.8 ކިލޯގެ ކެނެބިސް ފެނިއްޖެ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން އަތުލައިގެންފައިވާ މި މަސްތުވާތަކެއްޗަކީ ކެނެބިސް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި މަސްތުވާތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެއަށް ގެނެސްފައިވާ އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއާފްރައިޓް ޝިޕްމެންޓު ބަލައިފާ...