ވަޒީރުންނަށް ރުހުން ދިނުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުމެއްއޮތް ވޯޓެއްނޫން: މީކާއީލް
ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުމެއްއޮތް ވޯޓެއްނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލާއި ގުޅިގެން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވަނީ ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނަގާފައެވެ. މި ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުން ބައެއް ވަޒީރުންނަށް ރުހުން އޮތްކަމަށް ދިން ވޯޓާއި ގުޅިގެން...