އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލު ބަލައިގަނެ، މަޖިލީހުގެ ކަމާބެހޭ ކޮމެޓީ އަށް ފޮނުވައިފިއެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި އަދި އިސްރާއީލް މީހުން އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން މަނާކޮށް އިމިގްރޭޝަން ގާނޫނަށް އިސްލާހް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ތަޅުމުގައި ބަހުސް ހިންގުމަށްފަހު، ވޯޓަށް އަހައި، ބިލު ބަލައިގަނެ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވާފައެވެ.
މި ބިލް މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓު ދެއްވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!