މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޮޅަދޫ ކައުންސިލް

27 Stories filed
މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް މިސްކިތުގައި ސޯލާ ހަރުކޮށް ޓެސްޓު ކޮށްފި
Thiladhunmathi News

މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް މިސްކިތުގައި ސޯލާ ހަރުކޮށް ޓެސްޓު ކޮށްފި

ހއ. މޮޅަދޫ “ގްރީން އެނާޖީ” އަށް ދިއުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިސްކިތުގައި ސޯލާ ހަރުކޮށް ނިމިއްޖެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވަމުން އެރަށު ކައުންސިލުން ބުނީ މިސްކިތުގައި ސޯލާ ހަރުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވާތީ، އެންމެ އެކަށީގެންވާ ގޮތުގައި ސޯލާ އިން ކަރަންޓު އުފެއްދޭގޮތް ނުވިޔަސް، މިއީ ދުރުމުސަތްގުބަލަށް ބަލާއިރު، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއްކަން...

މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމިއްޖެ
Thiladhunmathi News

މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމިއްޖެ

ހއ. މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމި، މިހާރު ކުރިއަށް ދަނީ އެތެރޭގައި ކުރަން ހުރި މަސައްކަތްތައް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ހިއްސާކުރަމުން އެރަށު ކައުންސިލުން ބުނީ މިއީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑު ފޮ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑު) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ ކައުންސިލުން ބުނީ 20 ނުވަތަ 30 މީހުން އެރަށުގައި އަބަދުވެސް ދަނޑުވެރިކަން ކުރާ ކަމަށެވެ. ނަމަވެސް ދިމާވާ މައްސަލައަކީ […]

މޮޅަދޫގައި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް
Thiladhunmathi News

މޮޅަދޫގައި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް

ހއ. މޮޅަދޫގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެން ނިންމައި، އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޝަންތަކަކީ މޮޅަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ނަފުސާނީ ބަލިތަކުގެ ޑަކްޓަރު އައިޝަތު ޢަލީ ނާޒެވެ. މާރިޗު 9 ވަނަ (ބުރާސްފަތި) ދުވަހު އޮންނަ މި ސެޝަންތައް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. މި...

މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
Thiladhunmathi News

މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި

ހއ މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މާބަނޑު މީހަކު ވިއްސައިފި އެވެ. އެރަށު ސިއްހީ މަރުކަޒުގެ ފޭސްބުކްގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ ކުއްލިއަކަށް ނަގަންޖެހުނު މިކޭސް މެނޭޖްކުރުމުގައި މަރުކަޒުގެ ޑޮކްޓަރާއި ނަރުހުން އަދި މަރުކަޒުގެ އެންމެ ހާ މުއައްޒަފުންގެ އަގުހުރި މަސައްކަތް ނުހަނު އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. މިކަމުގައި އެ އަތޮޅު ހޯރަފުށި ސިއްޙީ މަރުކަޒުގެ ފަރާތުން ވެދެއްވި އަވަސް އެހީތެރިކަން ވެސް ފާހަގަކޮށް، މަރުކަޒުގެ ވެރިންނާއި މުއައްޒަފުންނަށް ވެސް ވަނީ ޝުކުރު ދަންނަ...

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފި
Thiladhunmathi News

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފި

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފިއެވެ. 1443 ވަނަ އަހަރުގެ މޮޅަދޫ ޢީދު ކާނިވަލަށް ވަނުމުގެ ޓިކެޓް ނެގި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިންނަށް ހޮވިފައި ވަނީ ފާތުމަތު ނިޔާޒާ އާއި ލޫތު އަބްދު الله ވަހީދު އެވެ. މޮޅަދޫ ކައުންސިލުންވެސް ވަނީ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް މަރުހަބާ ކިޔާ ފައެވެ. މީގެއިތުރުން މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް ދެވުނު އަގުހުރި އިނާމް ސްޕޮންސަރ ކޮށްދެއްވާފައި ވާތީ ހއ އިހަވަންދޫ ބާބެކިޔު ހަޓުގެ މެނޭޖްމަންޓަށް މޮޅަދޫ ކައުންސިލުން ވަނީ […]

މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ ކުޅިވަރާއި ހުނަރު ތަރައްޤީކޮށް އަދި ކުޅިވަރާއި ހުނަރުގެ ތެރެއިން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މޮޅަދޫގެ ޒުވާނުންނަށް (ފިރިހެ...

"ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި މޮޅަދޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް
Thiladhunmathi News

"ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި މޮޅަދޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް

ހއ. މޮޅަދޫގެ އާބާދީއަށް ދީނީ މަޢުލޫމާތު ލިބިފައިވާ މިންވަރު ވަޒަން ކުރުމަށާއި، ދީނީ މަޢުލޫމާތު ހޯދުމަށް ބާރު އެޅުމުގެ ގޮތުން “މޮޅަދޫ ކައުންސިލް ރޯދަ ކުއިޒް 1443” ގެ ނަމުގައި ކުއިޒެއް ބޭއްވުމަށް އެ ރަށު ކުއުންސިލުން ނިންމައިފިއެވެ. މި ކުއިޒް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 9 ވަނަ ދުވަހުން ފެށިއިގެން ރަމަޟާން މަހުގެ ނިޔަލަށް އެ ކައުންސިލްގެ ފޭސްބުކް ޕޭޖާއި ކައުންސިލްގެ ރަސްމީ ވައިބަރ ގުރޫޕް މެދުވެރިކޮށް އޮންލައިންކޮށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ […]

މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި
Thiladhunmathi News

މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި

ހއ. މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފިއެވެ. މި ޖިމް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ މޮޅަދޫ ބްރާންޗްގެ މެނޭޖަރު މުޙައްމަދު މޫސާއެވެ. މި އައުޓްޑޯ ޖިމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަމާއި އެކު މޮޅަދޫ ކައުންސިލުން ތަރައްޤީކުރި ތަނެކެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ، މި ޖިމްގެ މަސައްކަތް ނިމި ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމާއެކު، އެ ދުވަހުން ފެށިގެން ޖިމް ބޭނުންކުރަނ...

މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
Thiladhunmathi News

މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ހއ. މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަަހަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޮޅަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އެފަރާތްތަކުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް މޮޅަދޫ ކައުންސިލް އިދާރާއަަށް ހުށައަަޅަން ޖެހޭނެއެވެ. މީގެ އިތުރުން މިމަސައްކަތާއި ގުޅޭ ގޮތުން އިތުރ...

މޮޅަދޫ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މޮޅަދޫ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި

ހއ. މޮޅަދޫގައި ހުންނަ ހަމައެކަނި މިސްކިތްކަމަށްވާ މަސްޖިދުއްނޫރުގައި ކުރަންހުރި މަސައްކަތްތަކަށް އެހީތެރިކަން ފޯރު ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މޮޅަދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން 20 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށު މަސްޖިދުއްނޫރުގެ ސައުންޑް ރަނގަޅުކޮށް، މިސްކިތާ މިސްކިތުގެ ގޯތިތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ނުވަތަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަ...

މޮޅަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

މޮޅަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރަނީ

ހއ. މޮޅަދޫ ކައުންސިލްގެ އެސެޓްތަކުގެ ތެރޭގައި ހިމެނޭ ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ދެއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން މޮޅަދޫން ވަރުވާއަށް ދޫކުރުމަށް ނިންމާފައިވާ ރުއްގަސްތަކަކީ، އެރަށުގެ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ މާކަށިކެޔޮ ގަސްތަކަކާއި، މޮޅަދޫ އަމީނީމަގު އުތުރުކޮޅު ދެފަރާތު ރުއްގަނޑާއި އަދި މޮޅަދޫ ފާލަންމަގު ދެފަރާތު ރުއްގަނޑެވެ. މީގެއިތުރުން މޮޅަދޫ ތައްނުޖަހާ ކުޑަރުއްގަނޑާއި، މޮޅަދޫ ޒިޔާރަތު ރުއްގަނޑާއި، މޮ...

މޮޅަދޫއަށް ލައްވި މަސްބޯޓުގެ ނީލަން ފެށޭއަގު ކުޑަކޮށް އަލުން ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

މޮޅަދޫއަށް ލައްވި މަސްބޯޓުގެ ނީލަން ފެށޭއަގު ކުޑަކޮށް އަލުން ފުރުސަތު ހުޅުވާލައިފި

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހއ. މޮޅަދޫ އިރު އުތުރު ފަޅުތެރެއަށް ލައްވި މަސްބޯޓެއް ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ކުރިން ކުރި އިއުލާނެއް އެދެވޭ ތަރުހީބެއް ނުލިބުމުން ނީލަން ފެށޭއަގު ކުޑަކޮށް އަލުން އެ ބޯޓު ވިއްކާލުމަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް މޮޅަދޫ އެކައުންސިލުން ބުނެއެވެ. މީގެ ކުރިން ނީލަމުގައި […]